ގިނަ ދުވަސްވުމުގެ ސަބަބުން ބޭނުންނުކުރެވޭ މުސްހަފްތައް ރަށު ކައުންސިލާ ހަވާލުކުރުމަށް އެދެފި

517a3b4ce5e63bb53260300985233561.jpg

އޭދަފުށީގެ ގޭގޭގައި ހުރި ގިނަ ދުވަސްވެ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ މުސްޙަފްތައް ރަށު ކައުންސިލާ ހަވާލު ކުރުމަށް ރަށު ކައުންސިލުން އެދެފިއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު އަބްދުރަހްމާންް ވިދާޅުވި ގޮތުގައި އޭދަފުށީގެ ގޭގޭގައި ބާވެ ހަލާކުވެފައިވާ މުސްޙަފްތައް ހުރިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ ބޭނުންވަނީ ދީނުގައި އޮންނަ ގޮތެއްގެ މަތިން އެފަދަ މުސްހަފްތައް ނައްްތާލުން ކަމުގައެވެ.

“އިސްލާމިކް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެމިނިސްޓްރީން އަންގަވާގޮތެއްގެ މަތިން އެކަން ކުރިއަށް ގެންދާނީ. ” ތޮލާލް ވިދާޅުވިއެވެ.

މިފަދަ މުސްހަފްތައް އޭދަފުށީ ކައުންސިލުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 1:00 އާ ދެމެދު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top