ރިވެޓްމަންޓަށް ބޭނުންވާ ހިލައިގެ އިތުރު ބާޖެއް މިއަދު އޭދަފުއްޓަށް

ރިވެޓްމަންޓް ޖެހުމަށް ކުރިން ގެނައި ހިލަތަކެއް ކައިރީގައި ހައިމާކެއް އޮތްއިރު، މިއަދު ހިލަ ހިފައިގެން އޭދަފުއްޓަށް އައި ހިލަބާޖް އޭދަފުއްޓަށް ގާތްކުރަނީ / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

ރިވެޓްމަންޓް ޖެހުމަށް ކުރިން ގެނައި ހިލަތަކެއް ކައިރީގައި ހައިމާކެއް އޮތްއިރު، މިއަދު ހިލަ ހިފައިގެން އޭދަފުއްޓަށް އައި ހިލަބާޖް އޭދަފުއްޓަށް ގާތްކުރަނީ / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

އޭދަފުށިން ހިއްކާފައިވާ ބިމުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ހިލައިގެ ތެރެއިން އިތުރު ޝިޕްމަންޓެއްގެ ހިލަ ހިފައިގެން މިއަދު އޭދަފުއްޓަށް ބާޖެއް އަތުވެއްޖެއެވެ..

އޭދަފުށީ ކައުންސިލުން ބުނީ ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ހިލައިގެ ތެރެއިން މިއަދު ގެނައީ 4300 މެޓްރިކްޓަނުގެ ހިލަކަމަށާ، ހިލަބޭލުމުގެ މަސައްކަތް މިއަދު ނުވަތަ މާދަމާ ފެށޭވަރުވާނޭކަމަށެވެ. ރިވެޓްމަންޓް ޖަހާ ހިލައިގެ ގޮތުގައި 4300 މެޓްރިކް ޓަނުގެ ހިލަ މިދިޔަ މާޗްމަހުވެސްވަނީ އޭދަފުއްޓަށް ބާލާފައެވެ.

އޭދަފުށީ ކައުންސިލުން ބުނެފައިވަނީ ރިވެޓްމަންޓް ޖެހުމަށްޓަކައި އަދިވެސް އިތުރު 13000 ހެއްހާ މެޓްރިކްޓަނުގެ ހިލަ ގެނައުމަށް ހަމަޖެހިފައިވާކަމަށާ، މީގެއިތުރުން ޖިއޯބޭގް ޝިޕްމަންޓެއްވެސް ގެންނާނެކަމަށެވެ.

އޭދަފުށީ ކައުންސިލްގެ މެމްބަރ މުހައްމަދު ރިޒާ މިއަދު އީވީއަށް ވިދާޅުވީ މައުލޫމާތު ލިބޭގޮތުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފެށޭނީ ޖިއޯބޭގް ލިބިގެންކަމަށާ، އެކަންވެސް ލަސްނުވެ ވާނެކަމަށް ހައުސިންގް މިނިސްޓްރީން ބުނެފައިވާކަމަށެވެ.
“ޖުމްލަ21000 އަށްވުރެ ގިނަމެޓްރިކްޓަނުގެ ހިލަ ގެންނާނެ. މައުލޫމާތުލިބޭގޮތުން ރިވެޓްމަންޓްގެ މަސައްކަތް ފެށޭނީ ޖިއޯބޭގް ލިބިގެން. ކަންކަން ހިނގާގޮތް ވަރަށްގާތުން މިދަނީ ބަލަމުން” ރިޒާ ވިދާޅުވިއެވެ.

3200 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އޭދަފުށީ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ރަށުގެ އިތުރުން 25.9 ހެކްޓަރު ބިންހިއްކައި ރިވެޓްމަންޓް ޖަހާނެއެވެ. މޭމަހުގެ ކުރީކޮޅު ބިންހިއްކާ ނިމުނުނަމަވެސް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އަދި ނުފެށެއެވެ. އެހެންނަމަވެސް އެމަސައްކަތް ފެށުމަށްބޭނުންވާ ހެވީ ވެހިކަލްތައް މިދިޔަ ހަފްތާގައި އޭދަފުއްޓަށްވަނީ ގެނެސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top