”ކިޑްސް “ޖަމިއްޔާ އިން އާތުޑޭ ފާހަގަ ކޮށްފި

group-pic.jpg

''ކިޑްސް "އިން އާތުޑޭ ފާހަގަކުރުން - ފޮޓޯ /ކިޑްސް

ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް ) ގެ ފަރާތުން މި އަހަރުވެސް އާތުޑޭ ފާހަގަ ކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް ”ކިޑްސް”  އިން ފަރާތުން އާތުޑޭ ފާހަގަކުރުމުގެ ބޭނުމަކީ ބ.އަތޮޅުގެ ނާޒުކުތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ އެ ޖަމިއްޔާގެ މަގުސަދުތަކުގެތެރޭގައި ހިމެނޭކަމަކަށް ވެފައި ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތުގައި ބައިވެރިވުން ކަމަށް ކިޑްސް އިން ބުނެއެވެ.

އެގޮތުން އިއްޔެ ކިހާދޫގައި ކުރިއަށް ގެންދެވުނު ހަރަކާތަކީ ރަށުގެ އެކި ސަރަހައްދުތަކަށް ޖަމާވެފައިވާ ފަނާ ނުވާޒާތުގެ ކުނިތައް ނަގާ ސާފުކުރުމެވެ.

އިއްޔެ ހިންގި މި ހަރަކާތުގައި ކިހާދޫ ކައިރީގައި އޮންނަ ރީތި ބީޗް ރިސޯޓުން ވެސް ވަނީ ބައިވެރި ވެފައެވެ.

މި މުނާސަބަތުގައި ރީތި ބީޗް ރިސޯޓްގެ ޖެނަރަލް މެނޭޖަރ ޕީޓާރ ގްރެމެސް ދެއްކެވި ވާހަކައިގާ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމު ކަމާއި ތަރައްޤީގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

ކިހާދޫން އިއްޔެ ނެގި ފަނާނުވާ ޒާތުގެ ކުނިތައް މިހާރުވަނީ ރީސައިކަލް ކުރުމައްޓަކައި ރީތި ބީޗް ރިސޯޓަށް ގެންގޮސްފައެވެ.

ކިޑްސް އިން ބުނީ މިހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ގިނަފަރާތްތަކެއްގެ އެއްބާރުލުން ލިބިފައިވާ ކަމަށާ  އެގޮތުން ރީތިބީޗް ރިސޯޓް، ޕާލޭ، ބީ.އީ.އެމް، ކިހާދޫ ކައުންސިލް، ކިހާދޫ ހެލްތް ސެންޓަރ، ފެނަކަ ކިހާދޫ ބުރާންޗް އަދި ކޯސްޓްލައިން ގްރޫޕުގެ އެހީތެރިކަން ލިބިފައިވާކަމުގައެވެ.

ބައިނަލްއަގްވާމީ އާތުޑޭ ފާހަގަކުރަމުން އަންނަނީ އެޕްރީލް މަހުގެ 22 ވަނަދުވަހެވެ.

އާތުޑޭ އެންމެފުރަތަމަ ފާހަގަކޮށްފައިވަނީ 1970 ވަނައަހަރުއެވެ. މިއީ ދުނިޔޭގެ ތިމާވެއްޓައް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކޮށް ދުނިޔޭގެ ތިމާވެއްޓަކީ އުފާވެރި، ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމައްޓަކައި ކުރަންޖެހިފައިވާ ކަންކަން ފާހަގަކޮށް އެކަންކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ފާހަގަ ކުރެވޭ ދުވަހެކެވެ.

މިއަހަރުގެ އާތުޑޭގެ ޝިއާރުގެ ގޮތުގައި ކަންޑައަޅާފައިވަނީ “މާޗް ފޯ ސައިންސް” އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top