ދީޕިކާ އާއި ރަންވީރު އެންގޭޖްވަނީ ؟

rd.png

ބޮލީވުޑްގެ އެންމެ ހޫނު އަދި އެންމެ އަގުބޮޑު އެކްޓްރެސް ދިޕިކާ ޕަޑުކޯން އާއި އެކްޓަރ ރަންވީރު ސިންގ އެންގޭޖް ވެއްޖެ ވާހަކައަކީ ފިލްމީ ޚަބަރުތައް ގެނެސްދޭ ވަސީލަތްތަކުގެ އެންމެ ފަލަ ސުރުޚީގެ ގޮތުގައި ލިޔެވެމުންދާ ވާހަކައެވެ. އެހެންނަމަވެސް އެދެމީހުންވެސް ބުނަމުން ދަނީ އަދި އެންގޭޖް ނުވާ ކަމުގައެވެ. ދެމީހުން އެކުގައި ބޭރުތެރެއިން ފެނުން އާއްމު ވެފައިވާއިރު ޖޯޑެއްގެ ގޮތުގައި އޭނާގެ ފޭނުންނާއި އެހެން މީހުން ބަލައިގަތް ނަމަވެސް އެދެމީހުން އުޅެނީ ރައްޓެހި ވެގެންކަމުގައިވެސް އިއުތިރާފެއް ނުވެއެވެ. ރަންބީރުއާ ބެހޭ ގޮތުން ދީޕިކާ ބުނަމުން އަންނަނީ އެއީ އޭނާގެ ދިރިއުޅުމުގައި ވަރަށް ޚާއްސަ މީހެއްކަމަށާ އިތުރު ގުޅުމެއް ނޯންނަ ކަމަށެވެ. ދެމިހުންގެ ވާހަކަ މިހެން ހުރިނަމަވެސް ދެމީހުން އެކުގައި ޕާޓީތަކަށާއި  އިވެންޓް ތަކަށް ދާތަން ފެންނާތީ މިކަމުގައި ޝައްކު ކުރާނެ ޖާގަ އެއް ނެތެވެ. ރަންބީރުގެ ސްޕޯކްޕާސަން ކުރިން ބުނި ގޮތުގައި މީގެ މަހެއްހާދުވަސް ކުރިން ދީޕިކާގެ 32ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ރިސޯޓެއްގައި ހޭދަކުރި ޗުއްޓީގައި އެދެމީހުންވަނީ އެންގޭޖް ވެފައެވެ.

ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުން ދީޕިކާ އާއި ރަންބީރު އެކުގައި އުޅޭތާ ހަތަރު އަހަރުވެއްޖެއެވެ. ދެމީހުންގެ ފިލްމް ރާމްލީލާ އަށްފަހު މި ގުޅުން ވަނީ އެހެން މަރުހަލާއަކަށް ދަތުރުކޮށްފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި އެންގޭޖްމެންޓް އިއުލާން ކުރުން ލަސްވެފައިވަނީ ފިލްމް ޕަދްމާވަތު ރިލީސް ވަންދެނެވެ. ޕަދްމަވާތުއަކީ ރަންވީރުއާއި ދީޕިކާގެ އެންމެ ފަހު ފިލްމެވެ.

މި ދެލޯބިވެރިންގެ ގާތް ޑިރެކްޓަރަކު ޔަގީންކޮށްދިން ގޮތުގައި ޕަދްމަވާތު ރިލީސްވުމާއެކު އެދެމީހުންގެ  ފަރާތުން ލިބޭނެ އެންމެ އުފާވެރި ޚަބަރަކަށްވާނީ ފިލްމްގެ ކާމިޔާބާއެކު އެމީހުންގެ އެންގޭޖްމަންޓް އިއުލާނުކުރުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top