މީހަކާ އިނދެގެން ކްރިކެޓް ޓީމެއް ހަމަކޮށްލެވޭ ވަރަށް ދަރިންވެސް ބޭނުން : ޕްރިޔަންކާ

Slider_1_-_Priyanka_Chopra__Actress.jpg

މީހަކާ އިންނަން ބޭނުން ކަމަށާއި ކްރިކެޓް ޓީމެއް ހަމަވާވަރަށް ދަރިންވެސް ހޯދަން ބޭނުންކަމަށް ބޮލީވުޑް ތަރި ، ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ. 

ޕްރިޔަންކާ ޗޯޕްރާއަކީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ވަރަށް ބޮޑަށް ސިއްރު ކޮށްގެން އުޅޭ ބަތަލާއެކެވެ. 

ވަރަށް ފަހުން ޕްރިޔަންކާ ގާތު ކައިވެނި ކުރާކަށް ޚިޔާލު ނުކުރަންތޯ އެހުމުން އޭނާ ބުންޏެވެ.
” އާނ! އަހަރެން ބޭނުން މީހަކާ އިންނަން. ހަމައެއާއެކު  ކްރިކެޓް ޓީމެއް ހަމަކޮށްލެވޭ ވަރަށް ދަރިންވެސް ހޯދަން ބޭނުންވޭ . އެކަމަކު ރަނގަޅު ވަގުތާއެކު ރަނގަޅު މީހަކު އަދި ނުލިބޭތީވެ ލަސް ވަނީ. އެވަގުތަށް މިހާރު މިބަލަނީ . ” 
 
ޕްރިޔަންކާގެ ކައިވެންޏާބެހޭ ގޮތުން މަންމަ މަދޫ ޗޯޕްރާ ބުނަނީ ޕްރިޔަންކާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުއްޖެއްކަމާއި ކައިވެނިކުރުވާ މީހަކު ޕްރިޔަންކާގެ އިހްސާސްތަކާއި އޭނާގެ މަސައްކަތަށް ހިތްވަރުދޭ ހުރިހާ ކަމެއްގައިވެސް އެންމެ ބޮޑަށް އެހީތެރިވާ މީހަކަށް ވާން ޖެހޭނެ ކަމުގައެވެ. 
 
“ކައިވެންޏަކީ ކުޅިވަރެއް ނޫން. ގޭމް ނިމުނީމަ އެކަން ނިމޭ ގޮތަށް ކުރެވޭ ކަމެއް ނޫން.  އަހަރެމެން ނަށް މި ފެންނަނީ ވަރަށް ލޯބިން ކުރެވޭ ކައިވެނިތައްވެސް ރޫޅިގެން ދާތަން . ” އޭނާ ބުނީ އެގޮތް ވާން ބޭނުން ނޫންކަމުގައެވެ. 
 
ޕްރިޔަންކާ ބުނީ ކައިވެނި އެއީ ކުރަން ޖެހޭ ކަމެއްކަމަށާ ވަގުތު އައުމުން އެކަންވެސް ހަމަޖެހިގެން ދާނެކަމަށެވެ.  

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top