އެދުރުހިޔާއިން އޭދަފުށީގެ 3 ޓީޗަރަކަށް ޖާގަ ލިބިއްޖެ؟!

ޓީޗަރުންނަށް ހާއްސަކޮށްގެން މާލޭގައި  ހަދާފައިވާ އެދުރުހިޔާ. މިޕްލެޓުން އޭދަފުށީގެ 3 ޓީޗަރަކަށް ވަނީ ޖާގަލިބިފައި / ފޮޓޯ: ހަވީރު އޮންލައިން

ޓީޗަރުންނަށް ހާއްސަކޮށްގެން މާލޭގައި ހަދާފައިވާ އެދުރުހިޔާ. މިޕްލެޓުން މާލޭގައި ދިރިއުޅޭ އޭދަފުށީގެ 3 ޓީޗަރަކަށް ވަނީ ޖާގަލިބިފައި / ފޮޓޯ: ހަވީރު އޮންލައިން

މާލޭގައި ޓީޗަރުންނަށް ހަދާފައިވާ 10 ބުރީގެ ޕްލެޓް “އެދުރުހިޔާ” އިން ޖާގަލިބޭނެކަމަށް އާންމުކުރި ލިސްޓުން މާލޭގައި ދިރިއުޅޭ އޭދަފުށީގެ ތިން މީހަކަށް ޖާގަލިބޭނެކަން ޔަގީންވެއްޖެއެވެ.

ޓީޗަރުންނަށް ދޫކުރާ 80 އެޕާޓްމެންޓް ހުރި މިޕްލެޓުން ޖާގަލިބޭކަމަށް އާންމުކުރި ލިސްޓުން ދައްކާ އޭދަފުށީގެ ތިން ޓީޗަރުންނަކީ 71 ޕޮއިންޓާއެކު 2 ކޮޓަރީގެ އެޕާޓްމެންޓް ލިސްޓްގެ 15 ވަނާގައި އޮތް އޭދަފުށީ / އެލީޒާ އަލީ ރަޝީދު، 68 ޕޮއިންޓާއެކު 2 ކޮޓަރީގެ އެޕާޓްމެންޓް ލިސްޓްގެ 31 ވަނައިގައި އޮތް އޭދަފުށީ / ނިވައިދަށުގޭ އަހްމަދު އިބްރާހީމް އަދި 66 ޕޮއިންޓާއެކު 2 ކޮޓަރީގެ އެޕާޓްމެންޓް ލިސްޓްގެ 39 ވަނައިގައިއޮތް އޭދަފުށީ / މޫމިޔާގޭ ފައުޒިއްޔާ ހުސައިންއެވެ.

މީގެއިތުރުން 62 ޕޮއިންޓާއެކު 2 ކޮޓަރީގެ އެޕާޓްމެންޓް ލިސްޓްގެ 59 ވަނައިގައިއޮތް އޭދަފުށީ / ދޭދަރުގޭ ފާތިމަތު ނާސިހާއަށްވެސް ޕްލެޓުން ޖާގަލިބުމުގެ ފުރުސަތު އެބައޮތެވެ. ނާސީހާއަށް ފްލެޓް ލިބޭނެކަން ޔަގީންވާނީ އޭނާއާ އެއްއަދަދަކަށް ޕޮއިންޓް ހޯދި 7 ފަރާތެއްގެ މެދުގައި ގުރުލައިގެންކަމަށް ހަބަރުލިބެއެވެ. ދެކޮޓަރީގެ އެޕާޓްމެންޓްގެ ގޮތުގައި 62 އެޕާޓްމެންޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު ނާސިހާއާ އެއްއަދަދަކަށް ޕޮއިންޓް ހޯދިމީހުން، ލިސްޓްގެ 65 ވަނައާ ހަމައިގައިވެސް ހިމެނެއެވެ.

އެދުރުހިޔާގެ މިފަހަރު ކުއްޔަށްދޭ 2 ކޮޓަރީގެ އެޕާޓްމެންޓެއްގެ ކުއްޔަށް މަހަކު 5500ރ ދައްކަންޖެހޭކަމަށްވެއެވެ. އެއީ 4500ރ ކުލީގެ އިތުރުން މެއިންޓަނަސް 1000ރ ކަމަށްވެއެވެ. އީވީއަށް އެނގިފައިވާގޮތުގައި ފްލެޓް ލިބުނު ފަރާތްތަކަށް ރަސްމީކޮށް ފްލެޓް ހަވާލުކުރާނީ މިމަހު ފަހުކޮޅުއެވެ.

ކުރިން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ގިނަދުވަސްތަކަކު މަސައްކަތްކުރި އަލީ ރަޝީދާ، އަހްމަދު އިބްރާހީމް އަދި ފައުޒިއްޔާ ހުސައިން އާއި، ފާތިމަތު ނާސިހާ މަތީތައުލީމް ހާސިލްކުރުމާއި، އަދި އެހެނިހެންވެސް ސަބަބުތަކާހުރެ މާލޭގެ ސްކޫލްތަކަށް ބަދަލުވީ މީގެ އަހަރުތަކެއް ކުރިންނެވެ. އެދުރުހިޔާއިން ޖާގަހޯދުމަށް މާލޭގައި މިވަގުތު ދިރިއުޅޭ އޭދަފުށީގެ އިތުރުން ބ. އަތޮޅުގެ ބައެއް ރަށްރަށުގެ ޓީޗަރުންވެސް ފޯމް ހުށައަޅާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top