ޒުވާންކަން ދެމެހެއްޓުމަށް ކުރެވިދާނެ ލުއިކަންތައް

ultimate-anti-aging-tips2.jpg

އަހަރެމެން ކޮންމެ މީހަކުވެސް ޒުވާން ކަމުގައި ދެމިހުންނަންބޭނުންވެއެވެ. އެހެންނަމަވެސް އުމުރަށް އަންނަ ބަދަލުތަކަކީ ގުދުރަތީ ކަމަކަށްވާއިރު އެކަން ބަދަލުކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ކަންމިހެން ހުރިކަމުގައިވިޔަސް އަހަރެމެންގެ ތެރޭގައި އުމުރަށްވުރެ އަވަހަށް މުސްކުޅިވެފައިވާ މީހުންނާއި ހަށިގަނޑަށް ދޭންޖެހޭ ސަމާލުކަން ނުދިނުމުގެސަބަބުން އަވަހަށް މުސްކުޅިވެފައިވާ މީހުން ފެންނަލެއް މަދެއްނޫނެވެ. އޭގެ ބަދަލުގައި އުމުރަށްވުރެ ޅަކަމަށް ދައްކާމީހުންވެސް ހަމަ އަހަރެމެންގެ ތެރޭގައި އުޅެއެވެ. އެއީ ހަށިގަނޑަށް ބަލައިގެން އުޅޭ މީހުންނެވެ. މީގެތެރެއިން ގިނަމީހުން ޒުވާންކަން ދެމެހެއްޓުމަށްޓަކާ ކުރާކަމަކީ އޮޕަރޭޝަން ކުރުމެވެ. ނުވަތަ މިކަމަށް ހުންނަ އިންޖެކްޝަން ޖެހުމެވެ. މިކަހަލަ ޚަރަދުބޮޑު ކަމެއްކުރުމަށް ފައިސާތަކެއް ހޭދަކުރުމުގެ ބަދަލުގައި ގޭގައިތިބެގެން ކުރެވިދާނެ ކަންތައްވެސް އެބަހުއްޓެވެ.

އަންނަނިވި ކަންކަން ކުރުމަށް ސަމާލުވާށެވެ. ޑޮކްޓަރާ ހަމައަށް ނުގޮސް އިތުރުޚަރަދެއްވެސް ނުކޮށް ޒުވާންކަމުގައި ހުރުމަކީ އުނދަގޫކަމެއް ނޫންކަން ގަބޫލު ކުރެވޭނެއެވެ.

1 .ގުދުރަތީ ކާނާ (ކެމިކަލް ބޭނުން ނުކޮށް ހައްދާފައިވާ ކާނާ )ގެ ބޭނުން ކުރައްވާށެވެ: ބައެއް މީހުންނަށް މިއީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެއީ މައިގަނޑު ގޮތެއްގައި އަހަރުމެންގެ ކެއުމުގައި ގުދުރަތީ ކާނާ ހިމެނިފައި ހުންނަނީ ވަރަށް މަދުން ކަމުގައި ވާތީއެވެ. ތެޔޮރޮއްޓާ ކުކުޅުފަޔާ ފަރާޓާ އާއި ބޮޑެތި ބަތްގަނޑާ މިއީ މީރުކޮށް ކާލުމުގައި ބޭނުން ކުރާ އާއްމު ކާނާއެވެ.

ކޮންމެ އެއްޗެއް ކާއިރުވެސް މިކެވެނީ ކޯއްޗެއްކަން ކަމާއި ކެވޭއެއްޗަކީ ހަށިގަނޑަށް ކިހާ ގެއްލުންހުރި ނުވަތަ ފައިދާ ހުރި އެއްޗެއްކަން ވިސްނައިގެން ފައިދާ ހުރިކާނާ ޚިޔާރު ކުރީމާ އެ ދެވެނީ ދާންވީ ރަނގަޅު ދިމާލަށެވެ. ކަމުގެ ސަބަބުން ހަމައެކަނި ޒުވާންކަންމަތީގައި ހުރެވޭނީއެއްނޫނެވެ. ހަށިގަނޑަށް ކުނިތަކެއް އެޅުމުގެބަދަލުގައި ނިއުޓްރިޝަންލިބޭ ،ހަށިގަނޑުވެސް ބޭނުންވާ ބައެއް އެތެރެ ކުރެވުނީއެވެ.

2. މޫނާއި ކަރު އަދި އަތްތިލަ ތެތްކޮށް ބަހައްޓާށެވެ :ކޮންމެ ދުވަހަކުވެސް މޫނާއި ކަރާއި އަތްތިލަ މޮއިސްޗަރައިޒް ކުރައްވާށެވެ. ދުވާލަކު ހަތަރުފަސްފަހަރުވެސް މޫނާއި އަތާއިކަރު ތެތްކޮށް ބެހެއްޓުމަށް މޮއިސްޗަރައިޒްއެއްބޭނުން ކުރާށެވެ. މިގޮތަށް ބޭނުންކުރާއިރު އޭގައި އެސް.ޕީ އެފް އެކުލެވިފައިވޭތޯ ބަލަންވާނެއެވެ. ބައެއްމީހުންގެ ހަމައެކަނިމޫނު ޒުވާންކޮށްހުރެފައިއަތާއި ކަރުގައި ރޫތައްގިނަވެ މުސްކުޅިކޮށް ހުންނަތަން ދެކެން ހެއްޔެވެ. އެހެންއެވަނީ ހަމައެކަނި މޫނަށް ސަމާލުކަންދީފައި ކަރާއިއަތްތިލައިގެމަތިން ހަނދާންނައްތާލާތީއެވެ.

3. ވަރަށްގިނައިން ފެންބޯށެވެ: ގިނައިން ފެންބުއިމަކީ ހަށިގަނޑުގައި ހުންނަ ރިހުމާއި ތަދުތަކަށްވެސް ފަރުވާއެކެވެ. މަދުވެގެން ދުވާލަކު ދެ ލިޓަރު ފެން ބޯންވާނެއެވެ. މިވަރަށް ފެން ބޯނަމަ ހަށިގަނޑު ޒުވާންކޮށް ފެނުމުގެ އިތުރުން ބަރުދަންވެސް ލުއިކުރުމަށް އެހީވެދޭނެއެވެ.

4. ވިޓަމިންސީ ބޭނުންކުރާށެވެ : 75 މިލިގްރާމްގެ ވިޓަމިންސީ ކޮންމެ ދުވަހަކު ބޭނުންކުރާނަމަ ހަމުގައި ޖެހިފައިހުންނަ ރޫތައްފިލާނެއެވެ. ދުވާލަކު ގްރޭޕް ފްރުޓެއް ނުވަތަ މެދުމިނުގެ ދެ އޮރެންޖުން މިއަދަދަށް ވިޓަމިން ސީ ލިބޭނެއެވެ.

5. މީރުވަސްދުވާ ލުއި ކޮލޯންއެއް ނުވަތަ ސެންޓެއް ބޭނުން ކުރާށެވެ: މީރުވަސްދުވާ އެއްޗެތި ބޭނުން ނުކުރާ މީހުންނަށްވުރެ މީރުވަސްދުވާ އެއްޗެތި ބޭނުންކުރާ މީހުން ޒުވާންކަމަށް ދައްކާކަން އެގޭ ހެއްޔެވެ؟ އެއީ ތެދެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ޒުވާންކަން ދެމެހެއްޓުމަށްޓަކައި މީރުވަސް ދުވާ ލުއި ސެންޓެއް ނުވަތަ މިފަދަ ކޮންމެވެސް އެއްޗެއް ބޭނުން ކުރުމަކީ އަވަހަށް މުސްކުޅިވުމުން ސަލާމަތް ކޮށްދޭނެ ކަމެކެވެ.

6. ދަތްތައްހުދުކޮށް ބެހެއްޓުމަށް މަސައްކަތްކުރާށެވެ : ކޮފީއާއިސައި އަދި ދުފުމަކީ ދަތްތައް ހަޑިވާ ކަމެކެވެ. ހުދު ދަތްތަކެއް ފެންނަށް ހުރުމަކީހަމަގައިމުވެސް ޒުވާންކަމާއި ރީތިކަން ދައްކައިދޭނެ ކަމެކެވެ. ދަތްތައް ހުދުކުރުމަށް ޑެންޓިސްޓެއްގެ ގާތަށް ދިއުމަށްވުރެ ބޭސްފިހާރައަކުން ކްރެސްޓް ސްޓްރިޕްސް އެއް ގަނެގެން އަމިއްލައަށްވެސް މިއީކުރެވިދާނެ ކަމެކެވެ.

7. ވީކަރު ލާފައި ހުންނަ ހެދުން ލާށެވެ : މިއީ ބައެއް އަންހެންކުދިން އެކުދިންގެ ޒުވާންކަމާއި ލޫޅާފަތިކަން ދެއްކުމަށް ކުރާވެސްކަމެކެވެ. އެހެނީ ވީކަރުލާފައިހުންނަ ހެދުމުގައި ހުންނައިރު ޒުވާން ކަމާއި އެއްވަރަށް އިސްކޮޅުން ދިގުވެފައި ހިކިކަމަށްވެސް ދައްކައެވެ.

8. ލިޕްސްޓިކްގެ ބަދަލުގައި ލިޕްގްލޮސް ބޭނުންކުރާށެވެ: ލިޕްގްލޮސް ބޭނުންކުރުމުން މުޅިމޫނުގައި އާދަޔާޚިލާފު ރީތިއޮފްކަމެއްހުންނާނެއެވެ.

9. ސްޓްރެސް އިން ދުރުވެވޭތޯ ބަލާށެވެ: އަބަދު ސްޓްރެސްގައި އުޅުމަކީ ހިނުކުރާހާ އަވަހަށް މުސްކުޅިވާކަމެކެވެ. ފުންކޮށް ނޭވާލުމާއެކު ކޮންމެ ދުވަހަކުވެސް ސްޓްރެސްރިލީޒްވާކަހަލަކަމެއް ކޮށްލުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

10. ހަކުރު ބޭނުންކުރުން މަދުކުރާށެވެ: ހަކުރު ބޭނުންކުރުމަކީ މޫނުގައި ރޫޖެހުމާއި ވަގުތަށްވުރެ އަވަހަށްމުސްކުޅިވާ ކަމެކެވެ. ހަކުރު ބޭނުންކުރާ މިންވަރު ހަމަމިހާރުން ފެށިގެން މަދުކުރުމަށްފަހު އެންމެ މަސްދުވަހެއްގެ ތެރޭގައި ހަށިގަނޑަށް އަންނަ ރަނގަޅުބަދަލު ދެނެގެނެވިދާނެއެވެ. އޭރުން ހަކުރަކީ ކިތަންމެ ކާހިތްވާ އެއްޗެއް ކަމުގައިވިޔަސް ހަށިގަނޑު ގަބޫލުނުކުރާ އެއްޗެއްކަން އެނގޭނެއެވެ.

11. ކޮންމެދުވަހެއްގެ ޕްރޮގްރާމްގައި ކަސްރަތުކުރުން ނުވަތަ ޔޯގާ ހިމަނާށެވެ.: މިއީ ގިނަމީހުންނަށް އެހާ ފަސޭހަ ކަމަކަށް ނުވެހިގައިދާނެއެވެ. އެހެން ނަމަވެސް ކުރަން ފެށުމުން މިއީ އާދައަކަށްވެ، ކުރާ ހިތްވާ ކަމަކަށް ވާނެއެވެ.

12. ރޭގަނޑު ރަނގަޅަށް ނިދާށެވެ: އެނގޭ ހެއްޔެވެ.އަހަރެމެން ނިދުމުން ހަށިގަނޑުގެ ސެލްތައް މުޅިން އާކޮށްދެއެވެ. މީގެ ސަބަބުން ހަށިގަނޑަށް ތާޒާކަމާ އަލުންދިރުން ގެނެސްދެއެވެ. ނިދުމަކީ ހަށިގަނޑަށް ފައިދާ ހުރި އެކްޓިވިޓީ އެއްވެސް މެއެވެ.

13. ކުލަމަޑުހެދުން ޚިޔާރުކުރާށެވެ: ކުލަމަޑު ހެދުން ލާފައި ހުންނައިރު އުމުރަށްވުރެ ހަގުކަމަށް ދައްކާނެއެވެ.އެކަމަކު ކުލަގަދަ ހެދުންލުމަކީ ހަށިގަނޑު ހިކިކަމަށް ދައްކާ ކަމެއްވެސްމެއެވެ. ވީމާ މިދެގޮތުން ޚިޔާރުކުރާނީ ކޮން ގޮތެއްހެއްޔެވެ؟

14. ސީދަލަށް ތެދަށް ހުންނާށެވެ : އިށީދެގެން އިންނައިރުއާއި ކޮޅަށް ހުންނައިރުވެސް ސީދަލަށް ތެދަށް ހުރެވޭތޯ ބަލާށެވެ. ބުރަކައްޓާއި ދެކޮނޑުވެސް ހަމަމިގޮތަށެވެ.އަދި ކަނދުރާ އެލުވާނުލައި އިސްނަގައިގެން ހިނގާށެވެ.

15. ނިޔަފަތި ކަނޑަން ހަނދާންކުރާށެވެ: އަތާއި ފައިތިލައިގެ އިނގިލިތަކުގެ ނިޔަފަތި ދިގުކޮށްފައި ހުރުމަކީ ފެޝަނެއްނޫނެވެ.ރީތިކަމެއްވެސް ނޫނެވެ. އަބަދުވެސް ނިޔަފަތިތައް ރީތިކޮށް ކަނޑާފައިބަހައްޓާށެވެ.

16. ހަފްތާއަކު އެއްދުވަހު ކެއުމާ ދުރުހެލިވާށެވެ:  ހަށިގަނޑަށްއެތެރެވާ ކެލޮރީ މަދުކޮށްލަން މިއީ ވަރަށް ފަސޭހަ ގޮތެކެވެ. ކެލޮރީ މަދުކުރުމަކީ ބަރުދަން ލުއިކޮށްދޭ ކަމެކެވެ. ބަރުދަން ލުއިވުމަކީ ޒުވާން ކަމުގައި ހުރެވޭނެ ގޮތެކެވެ.

17. އަބަދުވެސް ރަނގަޅުގޮތަށް ވިސްނާށެވެ.އަދި ހިނިތުންވާށެވެ:  ދިރިއުޅުމުގައި ދިމާވާ މައްސަލަތަކުގައި ނުބައިގޮތަށް ވިސްނުމުގެ ބަދަލުގައި ރަގަޅުގޮތަށް ވިސްނައިގެން މައްސަލަ ޙައްލުކުރާށެވެ. ހިނިތުންވުމަކީ ފަރުވާއެކެވެ. އަދި މޫނުގެ މަސްލްތަކަށް އަރާމު ލިއްބައިދޭ ކަމެކެވެ. ހިނިތުންނުވާ މީހުން އަވަހަށް މުސްކުޅިވާނެއެވެ. އަދި އުމުރުން ދުވަސްވާވަރަކަށް ހިނިތުން ވުން ދުރުވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top