މިޔަންމާގައި މުސްލިމުން ދިރިއުޅޭ ރަހީން ސްޓޭޓުގައި އެގައުމުގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަދި ރަހުމް ކުޑައަނިޔާގެ ޝިކާރާއަކަށް ވަމުންދާ ރޮހިންޔާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން އޭދަފުށީގައި ފަންޑު ފޮއްޓެއް ބަހައްޓައިފިއެވެ.
އޭދަފުށީގެ ބޮޑު މިސްކިތުގައި ބަހައްޓާފައިވާ މި ފަންޑުފޮށި މިއަދު ހުކުރު ނަމާދުގެ ފަހުން އާއްމުންނަށް ހުޅުވާލާފައިވާއިރު މި ފަންޑަށް ކޮންމެ ރައްޔިތަކުވެސް އެހީތެރި ކަމުގެ އަތެއް ފޯރުކޮށްދިނުމަކީ އަހަރެމެން ކަހަލަ މުސްލިމް އަޚުންނަށް ވެދެވޭ ވަރަށް ބޮޑު އެހީއެއްކަމުގައި ނޫނީ ނުވާނެއެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ އޭދަފުށީގައި ފަންޑުފޮށި ބަހައްޓަން ނިންމީ މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގަމުންދާ ރަހުމުކުޑަ އަނިޔާތަކުން ސަލާމަތްވުމަށް ޓަކައި ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖްރަ ކުރަމުންދާ ރޮހިންޔާގެ މުސްލިމުނަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް މި ފަނޑު ފޮށި ބަހައްޓާފައިވަނީ ހަމަ އެކަނި މިސްކިތުގައި ކަމަށްވެފައި މި ފަދަ ބޮޑު ކަމެއް ރޭވިގެން ހިނގަމުން އަންނައިރު ރައްޔިތުންނަށް މިސްކިތުގައި ފަންޑު ފޮއްޓެއް ހުރިކަން އެނގެނީ ކިތައް މީހުންނަށްކަމާމެދު ބައެއް ރައްޔިތުން ސުވާލު އުފައްދައެވެ.