ސަންދިޔާގެއަސްލު ނަމަކީ ދިޕިކާ ސިންގއެވެ.އަހަރެމެންނަށް ދީޕިކާ ދަސްވެފައިވަނީ ސްޓާރޕްލަސްއިން ފޮނުވަމުންގެންދާ ޑްރާމާ ސީރީޒް “ދިޔާ އައުރު ބާތީ ހަމް”ގައި ސަނދިޔާގެ ނަމުގައި އުޅޭ ސޫރަޖްގެ އަންހެނުންގެ ގޮތުގައެވެ.
ދީޕިކާސިންގއަކީ އިންޑިއާގެ ދިއްލީގެ ރާޖްޕޫތު ޢާއިލާއަށް އުފަންވެފައިވާ ކުއްޖެކެވެ .އުމުރުން 22 އަހަރުގެ މިރީތި ދިޕިކާއަކީ މާކުރިންވެސް ޓީވީ އެކްޓްރެސް ގެ ހުވަފެން ދެކެމުން އަންނަ ކުއްޖެއް ކަމުގައި އޭނާ ބުނެފައިވެއެވެ.
އެންމެފަހުން އޭނާގެ ހުވަފެން ހަގީގަތަކަށްވެ މިއަދުވަނީ އެރޮނގުން މަޝްހޫރުކަން ހޯދާފައެވެ. އޭނާގެ ކާމިޔާބުތަކުގެ ތެރޭގައި 2012 އާއި 2013 ވަނަ އަހަރު ސްޓާރޕަރީވާރް އެވޯޑްގެ ފެވަރިޓް ބަހޫގެއެވޯޑްގެއިތުރުން ފޭވަރިޓް އިންޓަރނޭޝަނަލް ޖޯޅީއާއި ފޭވަރިޓް ޕަތުނީ ގެ އެވޯޑަށް ނޮމިނޭޓްވެފައިވެއެވެ.
ދީޕކާސިންގވަނީ ބިޒިނަސް އެޑްމިނިސްޓްރޭޝަން އެންޑް މާކެޓިންގއިން ޕަންޖާބް ޓެކްނިކަލް ޔުނިވަރސިޓީއިން މާސްޓަސް ހަދާފައެވެ.