ސްޓާރބަކްސް ކޮފީ ދިވެހީންގެ ކޮފީ މޭޒުތަކާ ހަމައަށް

big_BEd1NTCP0acfc7c.jpg

ލިލީއިން ރާއްޖެއަށް މިއަދު ތައާރަފުކުރި ސްޓާބަކްސް ކޮފީ ފުޅިތަކެއް- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް

މުޅި ދުނިޔޭގައިވެސް މީރުކަމަށް އެންމެ މަޝްހޫރު އެއްކޮފީކަމުގައިވާ ސްޓާރބަކްސް ކޮފީ ދިވެހީންގެ ކޮފީ މޭޒުތަކާ ހަމަަށްވެސް އަތުވެއްޖެއެވެ.

މި ކޮފީ ރާއްޖެއަށް ތައާރަފްކޮށްދީފައިވަނީ މިއަދު ދަރުބާރުގޭގައި ފެށި ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާގައި ލިލީ ގްރޫޕްގެ ފަރާތުންނެވެ.

ލިލީގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ވިދާޅުވިގޮތުގައި ފުރަތަމަ ގެނެސްފައި މިވަނީ ސްޓާބަކްސްގެ ބައެއް އުފެއްދުންތަކެވެ.

“ފުރަތަމަ މި ގެނެވުނީ ސްޓާރބަކްސް ގެ ބައެއް އުފެއްދުންތައް. ފަހުން ކެފޭ ހުޅުވާނީ.”  އާމިރު ވިދާޅުވި އެވެ.

ލިލީއިން މިއަދު ތައާރަފްކޮށްފައިވާ ސްޓާބަކްސް ކޮފީގެ ބާވަތްތަކުގެ ތެރޭގައި ކޮފީ ފުޅިއާއި އެހެން ބައެއް އުފެއްދުންތައް ވެސް ހިމެނެ އެވެ. މި އުފެއްދުންތައް ރާއްޖޭގެ ބޮޑެތި ބައެއް ފިހާރަތަކުން ލިބެން ހުންނާނެ ކަމަށާ މިއަދު ތައާރަފު ކުރި ކޮފީގެ ފުޅިއެއް ވިއްކާނީ ގާތްގަނޑަކަށް 25-30ރ. އާ ދެމެދުގެ އަގެއްގަ އެވެ.

އާމިރު ވިދާޅުވީ ހުރިހާ އުފެއްދުމެއްވެސް ވިއްކާނީ އެކަށީގެންވާ އަގެއްގައި ކަމަށެވެ.

އެމެރިކާގެ ކޮފީ ހައުސް ޗެއިން “ސްޓާބަކްސް” އަކީ 1971 ވަނަ އަހަރު ދުނިޔެއަށް ތައާރަފުވި ބްރޭންޑެކެވެ. ދުނިޔޭގެ 23,768 ސަރަހައްދެއްގައި މި ބްރޭންޑްގެ ގޮފިތައް ހުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top