ލާމަރުކަޒީ ނިޒާމާ ގުޅޭ މަސައްކަތްތައް ފުރަތަމަ ފެއްޓެވީ ރައީސް މައުމޫން: އެމްޕީ ސަލީމް

437877_3_c6ffbfb2d87315437d787d9f43706c527c3b8fbc.webp

ޕީއެންސީގެ ރޭގެ ޖަލްސާގައި ސަލީމް ވާހަކަ ދައްކަވަނީ.

ލާމަރުކަޒީ ނިޒާމަކީ އިދިކޮޅު އެމްޑީޑީޕީގެ ”ދަރިއެއް “ކަމަށް އެޕާޓީން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް މަޖިލީހުގެ އޭދަފުށީ ދާއިޜާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރެއްވި ބޭފުޅަކީ އަބްދުﷲ ހަމީދު ކަމަށެވެ. އޭގެ ފަހުން އެޓޮލްސްމިނިސްޓަރުކަމުގައި ހުންނެވި އިލްޔާސް އިބްރާހިމްވެސް ލާމަރުކަޒީ ނިޒާމު ގެނައުމުގެ މަސައްކަތް ކުރި ކަމަށާއި އެއަށްފަހު ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން، ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، ލާމަރުކަޒީ ނިޒާމު ގާއިމުކުރުމަށްޓަކާ ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށް ސަލީމް ވިދާޅުވި އެވެ.

”އެންމެ ފުރަތަމަ ލާމަރުކަޒީ މި ނަންވެސް އަޅުގަނޑުމެންނަށް އިވިގެން ދިޔައީ ރައީސް މައުމޫނުގެ ދޫފުޅުން. މިނަންވެސް އެނގިގެން ދިޔައީ. އޭގެ ކުރިން މި ނަމަކީ ރާއްޖޭގެ މީހުން ދަންނަ ނަމެއް ނޫން. ލާމަރުކަޒީ ނިޒާމުގެ ނަމަކީވެސް. އެހެންވީމަ މިހެން އޮތް އެއްޗެއް މީ ތިމަންނާމެންގެ އެއްޗެކޭ ކިޔައިގެން ވާހަކަ ދައްކާއިރުގަ މި މީހުން ލަދުގަންނަން ޖެހޭނެ” ސަލީމް ވިދާޅުވި އެވެ.

އެމްޑީޕީ އަކީ އެއްވެސް ހާލެއްގައި މިކަހަލަ އެއްވެސް ނިޒާމެއް ގަބޫލުކުރާ ބައެއް ނޫން ކަމަށާއި މިއީ މާކުރިން ހަމަޖެހި ނިމިފައި އޮތް ކަމެއް ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

“އެހެންވީމާ ހަގީގަތުގަ މި ނިޒާމަކީ މިއަދު މިވެރިކަން ކުރާ ޕާޓީގެ ނިޒާމެއް. އެއްގޮތަކަށްވެސް މިއަކީ އެމްޑީޕީގެ ނިޒާމެއް ނޫން” ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ 2008 ވަނަ އަހަރު ރައީސްކަމުގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަވަޑައިގެން ވެސް މަސައްކަތް ކުރެއްވީ ލާމަރުކަޒީ ނިޒާމު ފުނޑާލަން ކަމަށެވެ. އެގޮތުން ރާއްޖެ ހަތް ބަޔަކަށް ބަހާލައި ކޮންމެ އަތޮޅަކަށް، ޕްރޮވިންސަކަށް މީހަކު ލައިގެން، ޕްރޮވިންސް ހަދައިގެން، ނަޝީދު ދިޔައީ ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރައްވަމުންކަމަށް ސަލީމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top