ކައުންސިލް އިންތިޚާބު އަންނަ މާރޗްމަހު 28 ގައި

ކޖހ.jpg

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް އަންނަ މާރޗް މަހުގެ 28 ވަނަ ދުވަހަށް ތާވަލް ކޮޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ އިންތިޚާބު މާރޗް 28 އަށް ތާވަލްކުރެވިފައިވާއިރު، ކެނޑިޑެސީއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. މިފަހަރުގެ އިންތިޚާބުގެ އިދާރީ ކަންކަމަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާކަމަށާއި، އިންތިޚާބުގެ ޓާސްކްފޯހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާކަމަށް ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވިގޮތުގައި މިފަހަރު ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށެވެ. ކައުންސިލް އިންތިޚާބުގައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނިގެންދާނީ ކެނޑިޑެސީ ފޯމު ހުށަހެޅުމުގެ މަރުހަލާ ޑިޖިޓަލް ކުރުމެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކާ 70 ނުވަތަ 80 މިލިޔަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އަންދާޒާ ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top