ކަރަންޓީނު ވާން ނުޖެހޭ ގޮތަކަށް އަދި ވިސްނުމެއް ނެތް: ޑރ.ނަޒްލާ

big_ofigOiQteO6TGT1S34egdaWb2.jpg

ޑރ.ނަޒްލާ --ފޮޓޯ :ޕީއެސްްެއެމް ނިއުސް

ކޮވިޑްގެ ސްޕްރެޑެއް އޮތް ރަށަކުން ކޮވިޑް ނެތް ރަށަކަށް ދާ ނަމަ, ކަރަންޓީނު ވާން ނުޖެހޭގޮތަށް އެއްވެސް ނިންމުމެއް އަދި ނުނިންމާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ.ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވެފައި މިވަނީ ، މި މަހުގެ މެދުތެރޭގައި ރަށަށް ގޮސް ފުރިހަމަކުރަންޖެހޭ ސާދަ ދުވަހުގެ ކަރަންޓީނުގެ މުއްދަތު އުވައިލުމަށް މަޝްވަރާ ކުރެވެމުން ދާކަމުގެ އަޑު ގަދަވެފައި ވަނިކޮށް ކަން  ފާހަގަ ކުރެވެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ ރަށަށް ގޮސް ފުރިހަމަކުރަންޖެހޭ ސާދަ ދުވަހުގެ ކަރަންޓީނުގެ މުއްދަތު އުވައިލާނަމަ އެކަން އަންގާނެކަމަށާއި އަދި އެ ގޮތަށް ނުނިންމާ ކަމަށެވެ. އަދި އެ ގޮތަށް ނިންމާނަމަ ބަލަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެ ގޮތުން ރަށަށް ގޮސް ފުރިހަމަކުރަންޖެހޭ ސާދަ ދުވަހުގެ ކަރަންޓީނުގެ މުއްދަތު އުވައިލުމަށް ނިންމަވާނީ ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މިންވަރާއި, އެއްކޭސް އަނެއް ކޭސްއާއި ގުޅުންނެތް ކޭސްތައް ފެންނަމުންދާ ނިސްބަތަށް ބެލުމަށްފަހުގައި އެއީ ރައްކާތެރި ގޮތެއްކަން ފާހަގަކުރެވުމުން ކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top