ރަން ޔޫބީލްގެ މުނާސަބަތުގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިނުވާގޮތަށް ރަށު ކައުންސިލުން ނިންމީ ކީއްވެބާ؟

އޭދަފުށި ކައުންސިލް ހުވާކުރުމުގެ ރަސްމިއްޔާތު

އޭދަފުށި ކައުންސިލް ހުވާކުރުމުގެ ރަސްމިއްޔާތު

ފެށުނީއްސުރެ ރައްޔިތުންނާ މާބޮޑު ގުޅުމެއްނެތް ރަށު ކައުންސިލުން މި މުބާރާތުގައި ބައިވެރިނުވާން ނިންމުމަކީ އެނިންމުމާމެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭނެ ކަމެއްކަމުގައި ދެކެމެވެ.
ކައުންސިލަރުންގެ ނިންމުންތައް ހުންނަން ޖެހޭނީ އެމީހަކަށް ފެންނަ ގޮތަކަށްވުރެ ބޮޑަށް ރައްޔިތުންގެ ވިސްނުމާ ރައްޔިތުންނަށް ފައިދާވާ ގޮތަށް ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށެވެ. ކައުންސިލަރުންނަކީ ރައްޔިތުންނަށްޓަކާ ރައްޔިތުން އިންތިޚާބުކޮށްފައިވާ ބަޔަކަށްވާތީއެވެ. ކައުންސިލަރުގެ ގޮޑީގައި އިންނަވާއިރު މިކަން ހަނދާންކުރަން ޖެހެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އެ ގޮތުގެ ބަދަލުގައި ތިމާ ބޭނުންވާގޮތަަށް ރައްޔިތުން ބަދަލުވާންޖެހޭނެކަން ދައްކާތަނެވެ. ކައުންސިލަރުންގެ ތެރޭގައި އޮންނަންޖެހޭނެ ވަރުގަދަ ގުޅުން ނެތިގެންގޮސް ބައިބައިވެފައިވާ ތަނެވެ. މިއަދުގެ ނިންމެވުމަކީ އޭގެ މިސާލެއް ނޫންތޯއެވެ. ތިޔަ ނިންމެވުން އެއްވެސް ރައްޔިތަކު ގަބޫލުކުރާނެތޯއެވެ. އެއްސަބަބަކީ މިއީ ގައުމުގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން އޮންނަ މުހިއްމު އިވެންޓަކަށް ވާތީއެވެ. ދެވަނަ ސަބަބަކީ ފުޓްބޯޅައާ އޭދަފުއްޓާ އޮތް ގުޅުމެވެ. ރާއްޖެތެރެ ކިޔާފައި ފުޓްބޯޅަ ކިޔައިފިނަމަ އޭގެ މާނައަކީ އޭދަފުށި ކަމަށްވާތީއެވެ.

ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ކައުންސިލަރުންގެ ތިޔަ ނިންމެވުވުގެ ސަބަބުން އެހެން އެއްޗެއްވެސް އެނގިގެން ހިނގައްޖެއެވެ. އެއީ ކައުންސިލަރުންގެ ތެރޭގައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހެއް ނެތްކަމެވެ. އެ ރޫހް ހުރިނަމަ ނުވަތަ ރައްޔިތުންގެ އިހްސާސްތަކަށް އެއްވެސް ވަރަކަށް ފޯކަސް ކުރިނަމަ ރައްޔިތުން ލަދުގަންނަންޖެހޭ މިފަދަކަމެއް ނުކުރާނެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު