ބޮލީވުޑްގެ އެންމެމުއްސަނދި 5 އެކްޓްރެސް

11207308_930976310282507_9180940372668189933_n.jpg

ހިންދީ ފިލްމްސްޓާރުންނަކީ ދުނިޔޭގެ ނިސްބަތުންވެސް އަގުބޮޑު ބައެކެވެ. އެމީހުންގެ ފިލްމްތަކަށް އެތައް މިލިއަން ރުފިޔާއެއް ލިބޭއިރު ފިލްމު ކުޅެދެނީވެސް ބޮޑެތި އަގުތަކުގައެވެ. މި ގޮތުން ބަލާއިރު 2015 ގައި ސެލެބްރިޓީސްގެ ލިސްޓުން ޝާހްރުކްޚާން ރޭންކް ކުރެވިފައިވަނީ މުޅި ދުނިޔޭގެ ދެވަނައަށް ހުރި އެންމެ މުއްސަނދި ސްޓާރގެ ގޮތުގައެވެ.
ހިންދީ ފިލްމީ ދުނިޔޭގެ 2015ގެ އެންމެ މުއްސަނދި ބަތަލާއިން ރޭންކް ކުރެވިފައވާގޮތް ބަލާލަމާ ހިނގާށެވެ.
1. ދީޕިކާ ޕަޑުކޯން : ފިލްމް އޯމްޝާންތީއޯމްއިން ތައާރަފްވި ޑިމްޕަލްކްއީންގެ ނަމުން މަޝްހޫރުވެފައިވާ މި ފަންނާނަކީ މިއަހަރުގެ ބޮލީވުޑްގެ އެންމެ މުއްސަނދި އެކްޓްރެސްއެވެ.15 މިލިއަން ޑޮލަރުގެ މިލްކިއްޔާތާއެކު މި އެކްޓްރެސް ހިމެނިފައިވަނީ އެންމެ އަގުބޮޑުކޮށް ފިލްމު ކުޅެދޭ ބަތަލާގެ ގޮތުގައެވެ. 29 އަހަރުގެ ދިޕިކާ ފިލްމެއް ކުޅެދޭ އަގު އުޅެނީ 8-9 ކުރޯޑު އިންޑިއަން ރުޕީސްއެވެ.
އޭނާގެ ބްލޮކްބަސްޓރ ފިލްމުތަކުގެ ތެރޭގައި ކޮކްޓެއިލް، ރޭސް2، ޗެންނާއީ އެކްސްޕްރެސް، ޔޭޖަވާނީހޭ ދީވާނީ، ރާމްލީލާ ހިމެނެއެވެ.

ކިތަންމެ މުއްސަނދިވިޔަސް އޭނާގެ ލަވްލައިފް އެހާ ކާމިޔާބެއްނޫނެވެ. ރަންބީރުއާ ދެމެދު އޮތް ގުޅުން ކެނޑުމަށްފަހު މިދިޔަ އަހަރުފަހުކޮޅު އޭނާވަނީ ޑިޕްްރެޝަންގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާވެސް ހޯދާފައެވެ.

އުންމީދު ކުރެވެނީ މާލަސްތަކެއްނުވެ އޭނާގެ ލަވްލައިފް ކާމިޔާބުވެ މިލިއަން ޑޮލަރުގެ ހިނިތުންވުމެއް ޑިމްޕަލްކްއީންގެ މޫނުން ފެންނާނެ ކަމަށެވެ.

2. ކަރީނާކަޕޫރުޚާން :

kareena-kapoor-wallpaper-1މިލްކިއްޔާތުގައި ދިހަ މިލިޔަން ޑޮލަރާއެކު ކަރީނާ ވަނީ ދެވަނައިގައެވެ.
ކަރީނާ ފިލްމެއް ކުޅެދެނީ 8-9 ކުރޯޑާ ދެމެދުގެ އަގެއްގައެވެ. ކައިވެނީގެ ފަހުންވެސް ފަނޑުވުމެއްނެތި އަދިވެސް ފިލްމީ ކެރިއަރުގައި ދަނީ ކުރިއަށެވެ. އޭނާގެހިޓް ފިލްމު ތަކުގެ ތެރޭގައި ކަބީޚުޝީ ކަބީ ޣަމް،ޗަމޭލީ، ހީރޯއިން، ސިންގަމްރިޓާން ހިމެނެއެވެ. އޭނާގެ ފުރަތަމަ ފިލްމާ އެންމެ ފަހުން ކުޅުނު ފިލްމާ އަޅާ ކިޔާއިރު މިރޮނގުން އޭނާ ކުރިއަށް ގޮސްފައި ހުރިވަރު ފާހަގަ ކުރެވޭނެއެވެ.

3. ކެޓްރީނާކައިފް :

11041755_820259061398897_503181584046454397_n31-1024x640މިލިސްޓްގެ 3ވަނައަށް އަންނަނީ މިލްކިއްޔާތުގައި 8 މިލިއަން ޑޮލަރާއެކު އުމުރުން 30އަހަރުގެ ކެޓްރީނާކައިފް އެވެ. ކެޓް އަކީ މިހާރު އެންމެ ޑިމާންޑްބޮޑު އެއްތަރިއެވެ. ފިލްމެއް ކުޅެދެނީ 5-8 ކުރޯޑ ރުޕީސްއަށެވެ. ހިންދީ ފިލްމީ ދުނިޔެއަށް އައުމުގެ ކުރިން ކެޓްވަނީ ޓެލުގޫ އަދި މަލަޔާޅަމް ފިލްމުތަކުގައިވެސް މަސައްކަތްކޮށްފައެވެ. ހޮންގކޮންގއަށް އުފަން ކެޓްގެއާއިލާ އިންޑިއާއަށް ބަދަލުވުމުގެކުރިން އިތުރު އެހެން ގައުމުތަކުގައިވެސް ދިރިއުޅެފައިވެއެވެ. ކުޑައިރު މޮޑެލްކުރުމާ އަދި ޓީންއޭޖްގައި އޭނާވަނީ ފެޝަން މޮޑެލްއެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ.
4. ޕްރިޔަންކާޗޯޕްރާ :

priyanka-chopra-4225-1680x1050

8 މިިލިއަން ޑޮލަރާއެކު ހަތަރުވަނައިގާ އުޅޭ ޕްރިޔަންކާ ޗޯޕްރާ ފިލްމެއް ކުޅެދެނީ ތިންކުރޯޑު ރުޕީސްއަށެވެ. ފިލްމުކުޅުމުގެ އިތުރުން އޭނާއަކީ ޕްރޮފެޝަނަލް ލަވަކިއުންތެރިއެއްވެސް މެއެވެ. މިގޮތުން 2012ވަނަ އަހަރު ރިލީޒްކުރި އޭނާގެ ފުރަތަމަ ސިންގަލް އަލްބަމް “އިންމައިސިޓީ”އާއި 2013 ގައި ރިލީޒްކުރި “އެގްޒޮޓިކް” އަކީ ޔޫކޭއާއި އެމެރިކާގައިވެސް ޓޮޕް ޗާޓްގައި ހިމެނުނު ދެ އަލްބަމެވެ.
ޕްރިޔަންކާ އަކީ2000ވަނައަހަރުގެ މިސްވޯލްޑް އެވެ.
5. ބިޕާޝާބާސޫ :

Bipasha-Basu-Wallpaper-9

ބްލެކްބިއުޓީ ބިޕާޝާ އަކީ މިލިސްޓްގެ ފަސްވަނައަށް 8 މިލިޔަން ޑޮލަރާއެކު ހޮވާލެވުނު ފަންނާނެވެ. ތިންކުރޯޑު ރުޕީސްއަށް ފިލްމެއް ކުޅެދޭ ބިޕާޝާއަކީ މި ދާއިރާއަށް އައުމުގެ ކުރިން ކާމިޔާބު މޮޑެލްއެކެވެ. ފިލްމީ ކެރިއަރގައި ކުރިއަށް ދަމުން އޭނާވަނީ ފިޓްނަސް ކްލާހެއް ހިންގާ އަދި ފިޓްނަސް ސީޑީތަކެއް އުފައްދައިގެން ރަނގަޅު ވިޔަފާރިއެއްވެސް ކޮށްފައެވެ.
36އަހަރުގެ ބިޕާޝާގެ ފިލްމީ ހަޔާތުގައި މާގިނަ ހިޓް ފިލްމުތަކެއް ކުޅެވިފައިނެތަސް  ފިލްމީ ކެރިއަރުގެ އެންމެ އުޖާލާ ދުވަސްވަރު ކުޅެފައިވާ ރާޒް، ރޭސް ، ނޯއެންޓްރީ، ދޫމް2 ވަނީ ހިޓްފިލްމްތަކުގެ ގޮތުގައި ހިމެނިފައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު