ރޯދަޚާއްސަ: ލޭމައްޗަށް ދިއުމާއި ހާޓްއެޓޭކާއި ކޮލޮސްޓްރޯލަށް ކަދުރަކީ ނަމްބަރ 1

dates-in-palm-tree.jpg

ކަދުރަކީ އަޖައިބެއްފަދަ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެއް ކަން ގިނަ މީހުން ދަންނާނެ އެވެ. އެހެންނަމަވެސް ފަހުގެ ހޯދުންތައް ބުނާގޮތުން ކަދުރުގެ ފައިދާގެ ތެރޭގައި ނާރުތަކުުގެ ބަލިތަކާއި ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކޮށްދިނުމުގެ އިތުރުން ކޮލޮސްޓްރޯލް ލެވެލް އެއްވަރެއްގަައި ހިފެހެއްޓުމާއެކު ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކުރުމާއި ސްޓްރޯކް ޖެހުމުންވެސް ސަލާމަތް ކޮށްދެއެވެ.

ކަދުރުން ލިބޭ އެންމެ މުހިއްމު ފައިދާތަކުގެ ތެރޭގައި ހިތް، ވަރުގަދަކޮށްދިނުން ހިމެނެއެވެ.

ކޮންމެ ދުވަހަކު ހަވީރު ކަދުރުކޮޅެއް ކެއުމާއެކުހެދުނު ބޮޑު ފެންތައްޓެއް ބުއިމަކީ ހިތް، ވަރުގަދަކޮށް ދިނުމަށް ދެވޭ ވަރަށް ބޮޑު ފަރުވާއެކެވެ.

ހަމައެފަދައިން ލޭމައްޗަށް ދިއުމާއި މިފަދަ ބަލި މީހުންވެސް އެކަން ކޮންޓްރޯލް ކުރުމަށް ކަދުރު އެހީވެދެއެވެ. ފަހެއް ނުވަތަ ހަ ކަދުރުގައި 80 މިލިގްރާމް މެގްނޭސިއަމް އެކުލެވިގެންވެއެވެ. މިއީ ލޭ މައްޗަށް ދިއުން ދިފާއު ކުރުމަށް އެންމެ ބޭނުންތެރި މިންވަރެވެ. އެހެންކަމުން ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ކޮންމެ ދުވަހަކުވެސް ކަދުރުކޮޅެއް ކެއުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

އާއްމުކޮށް ކަދުރު ކާނަމަ ލޭ ސާފުކޮށްދިނުމުގެ އިތުރުން ލޭ ދަތުރު ކޮށްދިނުމަށްވެސް އެހީތެރިވެއެވެ. އެހެންކަމުން ކޮލޮސްޓްރޯލް މައްޗަށް ދިއުން ކޮންޓްރޯލް ކޮށްދެއެވެ.

ކަދުރަކީ ޕްޓޭސިއަމުން މުއްސަނދި ވެފައިވާ އެއްޗަކަށް ވާތި ސްޓްރޯކް ޖެހުމާއި ނާރުތަކުގެ ސިސްޓަމް ބާރު ގަދަކޮށްދެއެވެ. 400 މިލިގްރާމް ޕޮޓޭސިއަމް ދުވާލަކު ނަގާނަމަ މި ބަލިތައް ޖެހުމަކީ ނާދިރުކަމެކެވެ.

ކަދުރުގައި ވަރަށް ގިނައިން ދަގަނޑުގެ ބައި އެކުލެވިފައިވެއެވެ. 100 ގްރާމް ކަދުރުގައި 0.9 މިލިގްރާމް އަޔަން އެކުލެވިފައި ވެއެވެ. މިހެންވުމުން އެނީމިއާ އާއި މީގެ އިތުރުން މާބަނޑު އަންހެނުންގެ ބަނޑުގައިވާ ދަރިފުޅު ހެދި ބޮޑުވުމަށްވެސް މިއަށްވުރެ ވަކިން ރަނގަޅު ކާނާއެއް ނޯންނާނެއެވެ.

ހަމަ މިއާއެކު ކޮންމެ ދުވަހަކު ހެނދުނު ހުސްބަނޑާހުރެ ތިން ކަދުރު ކެއުމުން ބަރުދަން ލުއި ކޮށްދިނުމަށް އެހީވެދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top