އެންމެ މޮޅު ހޮޓެލްރިސޯޓްގެ އެވޯޑު ޑުސިއްތާނީއަށް

010359-30-Ocean_Villa_Deck.jpg

ބ. މުއްދޫގައި ހިންގާ ޑުސިއްތާނީ ރިސޯޓް

ބ. މުއްދޫގައި ހިންގާ ޑުސިއްތާނީ މޯލްޑިވްސް ރިސޯޓަށް އޭޝިއާގެ އެންމެ މޮޅު ހޮޓެލް ރިސޯޓުގެ އެވޯޑު ލިބިއްޖެއެވެ އޭޝިއާގެ މަޝްހޫރު ލަގްޝަރީ ޓްރެވަލް މެގަޒިނެއް ކަމަށްވާ “ޖެޓްސެޓާ” އިން ކޮންމެ އަހަރަކު ދޭ އޭޝިއާ އެވޯޑްސް އޮފް އެކްސެލެންސްގެ އެންމެ މޮޅު ހޮޓެލް ރިސޯޓުގެ އެވޯޑު މި ރިސޯޓަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

އޭޝިއާ އެވޯޑްސް އޮފް އެކްސެލެންސް އެވޯޑު ދެނީ ޓްރެވަލް އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ޓީމެއްގެ މައްޗަށް އެކުލެވޭ ޖަޖުންގެ ޕެނަލަކުން ހޮވާލާ ރިސޯޓުތަކަށެވެ. އެ އެވޯޑު ދެނީ އޭޝިއާ ސަރަހައްދުގައި ފާހަގަ ކުރެވޭ އެންމެ ރަނގަޅު ޚިދުމަތް ދޭ 100 އަށް ވުރެ ގިނަ ބްރޭންޑުތައް ހިމަނައިގެންނެވެ.

އެގޮތުން މިއަހަރުގެ އެވޯޑުތައް 37 ކެޓަގަރީއަކުން ދީފައިވެއެވެ.

އެވޯޑު ހަފްލާ މިއަހަރު ބާއްވާފައިވަނީ ޗައިނާގެ މަކާއު ސިޓީގެ މަކާއު ޓަވަރުގައި މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ، ޑިނާ ނައިޓެއްގެ ތެރޭގައެވެ.

ޑުސިއްތާނީ މޯލްޑިވްސްއަކީ މަތީ ފަންތީގައި ހިމެނޭ ލަގްޒަރީ ރިސޯޓެކެވެ. އެ ރިސޯޓުގައި 94 ލަގްޒަރީ ވިލާ އާއި ފަސް ރެސްޓޯރެންޓާއި ސްޕާއެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ކްލަބެއް ވެސް ހުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top