10 އަހަރުގެ ފިރިހެން ކުއްޖަކު 15 ދުވަސް ކުރިން މަގުމަތީގައި ހުރިމޭވާ ވިއްކާ ގާޑިޔާއަކުން އަލަނާސި ފޮއްޗެއް ގަނެގެން ކެއުމާއެކު އޭނާ ވަރަށް ބޮޑަށް ބަލިވާން ފަށައިފިއެވެ. ދެން ޑޮކްޓަރަށްގޮސް ޓެސްޓްތައް ހަދައި ނަތީޖާ ލިބުމުން އެންމެންނަށް ވެސް ލީބުނީ ވަރަށް ބޮޑު ޙައިރާން ކަމެކެވެ. އެހެނީ އެ ކުއަޖާ އަށް ހުރީ އެއިޑްސް ޖެހިފައެވެ. އޭނާގެ ބެލެނިވެރިންނަސް އެކަން ގަބުލު ނުކުރެވިގެން އަލުންޗެކަޕް ހަދައިގެން ބެލުމުން ވެސް ނަތީޖާއަކަށް ބަދަލެއް ނައެވެ.
އާއިލާގައިވެސް އެފަދަ މީހަކު ނެތުމާއި އުމުރުން އެންމެ 10 އަހަރުގެ މި ކުއްޖާއަށް އެއިޑްސް ޖެހެންވީ ސަބަބެއް ނޭގިގެން ހައިރާން ވެއްޖެއެވެ. ޑޮކްޓަރ އެތައް ސުވާލެއް ކުރަމުން ގޮސް އެންމެ ފަހުން އޭނާ މަގުމަތީގައި ހުރި މޭވާ ވިއްކާ ގާޑިޔަލަކުން އަލަނާސި ކޭ ވާހަކަ ބުނެފިއެވެ.
ދެން އެ ގާޑިޔާ ކައިރި އަށް ގޮސް ބެލިއިރު އަލަނާސި ވިއްކާ މީހާ އެހެން ދުވަހެކޭ ވެސް އެއް ފަދައިން އޭނާގެ މަސައްކަތުގައި އުޅެއެވެ. އެހެންނަމަވެސް އަޅައިގަތް ތަންކޮޅަކީ އެމީހާގެ އަތުގެ އިނގިލި ކެނޑިފައި ހުރި ތަނެވެ. އެންމެ ކުޑަމިނުން އެ އިނގިލި ހުރީބަންދުވެސް ނުކޮށެވެ. މި މީހުން ވާހަކަ ދައްކައިގެން އަލަނާސި ވިއްކާ މީހާގެ ލޭ ޗެކްކުރި އިރު އެމީހާ އަށް ހުރީ އެއިޑްސް ޖެހިފައެވެ. ނަސީބު ދެރަ ކަމުން މި ކުއްޖާ އަށް އެއިޑްސް ޖެހުނީ މިކަމުގެ ސަބަބުންނެވެ.
ވީމާ މި ގޮތަށް ގާޑިޔާތަކުން ކާއެއްޗެތި ގަތުމުގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ އެވެ. ނޫނީ މި މައުސޫމް 10 އަހަރުގެ ކުއްޖާއަށް ދިމާވި ގޮތް ކޮންމެ މީހަކަށް ވެސް ދިމާ ވެދާނެއެވެ.