ބަދިގޭގައި ގޭހުން ކައްކާއިރު ސަމާލް!

small_kitchen1.jpg

ތިޔަ ގޭގައި ކައްކަނީ ގޭހުން ހެއްޔެވެ. އެހެން ކަމަށްވާނަމަ މި ވާހަކަ ކޮޅު ކިޔާލަންވާނެއެވެ. ބޭނުމަކީ މި ވާހަކަކޮޅުން ވަރަށް ބޭނުންތެރި މައުލޫމާތު ކޮޅެއް ލިބޭނެ ކަމަށްޓަކައެވެ.

ފިރިމީހާ އަށް ކާއެއްޗެއް ތައްޔާރު ކުރަން އަނބިމީހާ ބަދިގެއަށް ވަދެ ގޭސް އުނދުން ރޯކޮއްލިއެވެ. އެވަގުތު ސިންކު ކައިރިން ފެނުނީ ކުރެއްޕެކެވެ. އޭތި މަރާލުމަށް ޓަކައި ވިސްނުމުގެ ބޭނުމެއް ނުކޮށް ސެލްފުގައި ހުރި ހިޓް ސްޕްރޭ ފުޅި (ފަނި ފަކުސަ މަރަންގެންގުޅޭ ސްޕްރޭ ފުޅި)ނަގާފައި ގޭސްއުނދުން ކައިރީގަ ހުރެގެން ސްޕްރޭ ކޮށްލައިފިއެވެ. އެއާއެކު އެ ފުޅިން ނުކުތް ގޭހުގައި ހުޅު ހިފައިފިއެވެ. އޭނައަށް ގޭސް ފުޅި ނިވާލަންވެސް ނޭގި އުޅެނިކޮށް ލައިގެން ހުރި ހެދުމުގައިވެސް ހުޅު ހިފީއެވެ.ހަޅޭއްލަވައިގަތް އަޑަށް ފިރިމީހާ އައި އިރު އަންހެނުންގެ ހެދުމުގާ ރޯވެ 65 އިން ސައްތަ އަށް ވުރެ ބޮޑަށް ވަނީ ފިހިފައެވެ.އަންހެނުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އޭނަގެ ހަށިގަނޑުން ވެސް ބައެއް ފިހުނެވެ. ނަސީބަކުން އޭނަ ސަލާމަތް ވިޔަސް އަންހެނުން ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރު ތަކެއް ނުވަނީސް މަރު ވީއެވެ.

މިއީ ހަގީގީ ހާދިސާއެކެވެ. ރައްކާތެރި ގޮތަކީ މި ފަދަ ސްޕްރޭ ފުޅި ގޭސް ގެންގުޅޭ ތަންތަނުގައި ނުގެންގުޅުމެވެ. ހިޓް ސްޕްރޭ އާއި ޝެލްޓޮކްސް ފަދަ އިންސެކްޓް ކިލަރ ސްޕްރޭ އަކީ ބާރުގަދަގޭސް އެކުލެވިފައިވާ އަދި ފިއްތާލުމުން ވަރަށް ބާރަށް ނުކުމެގެންދާ އެއްޗަކަށްވާތީ ވަރަށް އަވަހަށް ހުޅު ހިފާނެއެވެ. ވީމާ ގޭސް އުދުނުން ކައްކަމުން ދާ ވަގުތު ބަދިގޭގައި މި ބާވަތުގެ ސްޕްރޭ ބޭނުން ކުރުމަކީ ނުރައްކަލުން ފުރިގެންވާ ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top