ނުކުޅެދުންތެރިކަން ހުންނަ 500 މީހުންނަށް ވަޒީފާ ދޭން މަސައްކަތް ކުރަނީ

l_179420650151F5Qk.jpg

ނުކުޅެދުންތެރިކަން ހުންނަ 500 މީހުންނަށް ވަޒީފާ ދޭން އަމާޒެއް ކަނޑައަޅައިގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް ބޭއްވެވި ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުން ވެސް ވަކިކުރޭތޯ ސުވާލުކޮށްފައެވެ.

އެއީ، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް މިދިޔަ އޭޕްރިލް މަހުގެ 18ގައި ފިނޭންސް މިނިސްޓްރީން އަންގާފައިވާ އެންގުމާ ގުޅުވައި ކުރި ސުވާލެކެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި، ކުންފުނިތައް ރައިޓް ސައިޒު ކުރުމާއި އެހެން އެއްވެސް ގޮތަކުން، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ދީފައިވާ ވަޒީފާއެއް ގެއްލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. އަދި، އެ ފަދަ ގޮތަކަށް ކަމެއް ހިނގާފައިވާނަމަ، އެއީ ރަނގަޅު ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

”އޭގެ ބަދަލުގައި އިތުރު ފަރާތްތަކަށް ވަޒީފާ ދިނުމަށް ސަރުކާރުން ބާރު އަޅަނީ. އަދި މަސައްކަތް ކުރަމުންދަނީ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން 500 ފަރާތަކަށް ވަޒީފާ ދިނުމުގެ ޓާގެޓެއް ކަނޑައަޅައިގެން މަސައްކަތްތަކެއް ވެސް އެބަ ކުރެވޭ މިހާރު ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ތެރެއިން“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވައި، އެ ފަރާތްތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ ފަހި މަގުތަކެއް ތަނަވަސްކޮށްދިނުން ކަމަށެވެ.

މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު ތަފާތުކުރުންތައް އަދިވެސް އޮތް ނަމަވެސް، މި ސަރުކާރުން އަންނަނީ އެފަދަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ މުޖުތަމަޢުގެ އިސް ސަފަށް އެފަރާތްތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top