މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ލޯކަލް ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީ ނުވަތަ “ބްލޮކް ގްރާންޓް” ގެ ގޮތުގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި “ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް” ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ޖުމްލަ 2 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކުލަވައިލި މި އަހަރުގެ ދައުލަތުގެ ބަޖެޓުގައެވެ. އެގޮތުން، މި ހިނގާ އަހަރުގެ ބަޖެޓުގައި ބްލޮކް ގްރާންޓުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެއިތުރުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މި އަދަދު 2.5 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް ސަރުކާރުން ވަނީ ހިމަނައިފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާ ބަޖެޓުކޮށް، އަހަރު ނިމުނުއިރު ބަޖެޓަށްވުރެ އިތުރަށް 8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު، 2020 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީއަށް ބިނާކޮށް އެކުލަވައިލާ ޚާއްސަ ފޯމިއުލާއެއްގެ ދަށުން ކައުންސިލްތަކަށް ފައިސާ ދޫކުރަމުން އަންނައިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ބޮޑު ހޭދައެއް ކުރެވެނީ ވެރިރަށް މާލޭ ސިޓީ ކައުންސިލަށެވެ.
ކައުންސިލްތަކަށް ދޭ މާލީ އެހީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމާއެކު، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ކައުންސިލްތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން ދެކޭ ގޮތުގައި މިއީ ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ސަރުކާރުގެ މި ނިންމުމަކީ ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް މިހާރަށްވުރެ ބާރަށް އަދި ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ މާލީ މިނިވަންކަމާއި ތަނަވަސްކަން އިތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.