ތުޅާދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ 90 އިންސައްތަ ނިމިއްޖެ

main_20260927_165756.jpg

ބ. ތުޅާދޫގައި ސަރުކާރުން އަލަށް އިމާރާތްކުރަމުންދާ ދެ ފަންގިފިލާގެ ހޮސްޕިޓަލުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބޭރު ފާރުތަކުގައި ސިމެންތި ޖެހުމުގެ މަސައްކަތެވެ. އަދި ގްރައުންޑް ފްލޯގެ ސްލެބް އެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. މީގެއިތުރުން ހޮސްޕިޓަލުގެ އެކޮމޮޑޭޝަން ބްލޮކްގެ ރޭނުމުގެ މަސައްކަތްތަކުގެ 90 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ.

މިނިސްޓްރީ އޮފް ހެލްތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ގާތްގަނޑަކަށް 114.5 މިލިއަނާއި 124 މިލިއަން ރުފިޔާއާ ދެމެދުގެ އަގަކަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ތުޅާދޫގެ 3,100 އަށްވުރެ ގިނަ ރައްޔިތުންނަށް އަމާޒުކޮށްގެން ތަރައްޤީކުރާ މި ހޮސްޕިޓަލަކީ 30 އެނދުގެ ޖާގަ ހިމެނޭ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢުގެ ދަށުން މައި ހޮސްޕިޓަލު އިމާރާތުގެ އިތުރުން ސަރވިސް ބްލޮކަކާއި، ޑޮކްޓަރުންނާއި މެޑިކަލް މުވައްޒަފުންނަށް ޚާއްޞަ އެކޮމޮޑޭޝަން ބްލޮކެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހޮސްޕިޓަލާއެކު އެ ރަށުގައި މިހާރު ހުރި ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top