ބ. ދޮންފަނުގައި ހެދި ރީތި މޮނިއުމަންޓް ރަސްމީކޮށް ހުޅުވައިފި އެވެ.
ދޮންފަނުގައި ހެދި މޮނިއުމަންޓް ހުޅުވުމަށް ރޭ ވަނީ ހާއްސަ ހަފްލާއެއް އެރަށުގައި ބާއްވާފަ އެވެ. އަދި ކައުންސިލުން މި މޮނިއުމަންޓްގެ ފޮޓޯތަައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ދާއިރު ވަރަށް ގިނަ ބަޔަކު ދަނީ މޮނިއުމަންޓުގެ ރީތިކަމަށް ތައުރީފު ކުރަމުންނެވެ.
ދޮންފަނުގެ މޮނިއުމަންޓްގައި ހިމަނާފައިވަނީ ފަންތަކެކެވެ. މޮނިއުމަންޓް ތިރީގައި މަޑިތަކެކެވެ. ދިވެހިންނާއި އިނގިރޭސިން ”ދޮންފަން“ ލިޔެފައިވެ އެވެ.
ރީތި މޮނިއުމަންޓްތައް ހެދުމުގައި ރަށްރަށުގައި ބޮޑު ވާދަވެރި ކަމެއް އޮވެ އެވެ. މިހާތަނަށް ވަރަށް ގިނަ ރަށްރަށު ކައުންސިލްތަކުން ވަނީ އެ ރަށްރަށުގައި ހިތްގައިމު ރީތި މޮނިއުމަންޓްތައް ހަދާފަ އެވެ.
އޭދަފުށީ ކައުންސިލުން އެބަ އަޑުއަހަން ހެއްޔެވެ؟






