ވޭތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ބ. ދަރަވަންދޫއަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނު ރަށްރަށް މެޓުން އާންމުކޮށްފައިވާއިރު، ދަރަވަންދުއަށް ފާއިތުވި 24 ގަޑިއިރު 93 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނީ ބ. ގޮއިދުއަށެވެ. އެއީ 64.3 މިލިމީޓަރުގެ ވާރޭއެެވެ.
ކުރިއަށް އޮތީވެސް ވިއްސާރަ ދުވަސްތަކެއް ކަމަށްވާއިރު، މިއަދު ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.





