މުޅި ރާއްޖެގައި ފުލުހުންގެ ޚާއްސަ ތަމްރީނުތަކެއް

img_md_202604011116191775024179.2018.jpg

މުޅި ރާއްޖެ ހިމެނޭގޮތަށް މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ޚާއްސަ ތަމްރީނުތަކެއް ބާއްވާނެކަމަށް ބުނެފި އެވެ.

ފުލުހުން ބުނީ މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށް ކަމަށެވެ.

މި ތަމްރީނުތަކުގެ ތެރެއިން، މަގުމަތީގައި ފުލުހުންގެ ހަރަކާތްތަކާއި ފުލުހުން ބޭނުންކުރާ ވެހިކަލްތަކުގެ ހަރަކާތްތައް އިތުރުވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ ތެރޭގައި ސަލާމަތީ ކަންކަމާ ގުޅޭ އެކި އޮޕަރޭޝަންތަކާއި ތަމްރީނުތައް ފަރިތަކުރުން ހިމެނެއެވެ.

މި ފަދަ ތަމްރީނުތަކަކީ ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ދޭތެރެ ދޭތެރެއިން ބާއްވާ ހަރަކާތްތަކެކެވެ. ޚާއްސަކޮށް އިންތިޚާބުތަކާ ދިމާކޮށް ތައްޔާރުވުމަށްވެސް ފުލުހުން ތަމްރީނުތައް ކުރިއަށް ގެންދެއެވެ.

މި ތަމްރީނުތައް ކުރިއަށްގެންދިއުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުންގެ ޚިދުމަތުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top