އޭދަފުށީ ރައްޔިތުންގެ ޝުކުރު، ފަސްމުގޫ ޓީމަށް.

ފަސމުގޫ2-.jpg

ނިމިގެން މިދިޔަ ރޯދަމަހު މާލޭގައި ހުންނަ ރައްޓެއްސަކާ ގުޅާލީ އޭނާގެ ހާލު ބަލައިލުމަށެވެ. ފުރަތަމަވެސް ކުރީ ޝަކުވާ އެވެ.

“ކީއްކުރާނީ.! ރޯދަވީއްލަން ޖޫސްކޮޅެއް ގިރާލާނެ އޮރެންޖްކޮޅެއް ހައި ހިސާބު ވެސް ނުލިބިގެން ތިން ދުވަސްވީ މިހާރު ސަން ކްއިކް ޖޫހުން ރޯދަ ވީއްލާތާ. ލާރިނެތީއެއް ނޫން. ވަރަށް މަދުން ބާޒާރަށް ދަން. ގިނަ ފިހާރަތައް ބަންދު. ރޯގާއާ ހެދި މާބޮޑަށް ނުކުމެ އުޅެންވެސް ނުކެރެނީ. އެހެންވެ ވަރަށް ހާލުގައި އުޅެނީ.” އެއީ އޭނާގެ ވާހަކައެވެ.

ތިންދަރިން ގޮވައިގެން މާލޭގައި ދިރިއުޅޭ އެހެން ރައްޓެއްސަކާ ގުޅާލުމުން އޭނާ ބުނީ ގެއިން ބޭރަށް ނުކުތުން މަނާކޮށްފައި އޮތުމާ ރޯގާއިން ރައްކާތެރި ވުމުގެ ގޮތުން ގެއިން ބޭރަށް ނުކުންނަން ނުކެރޭތީވެ ކާނެ އެއްޗެއް ނެތިގެން ބަނޑަށް މަރުވަނީ ކަމުގައެވެ. “ވާގޮތަކީ ފުރަބަންދުގައި އޮތުމުން ގެއިން ބޭރަށް ނުކުންނަން ނުކެރެނީ. ދެން މިތިބެނީ މިކަން ނިމޭނެ ދުވަހަކަށް ބަލަބަލާ.”

މި އާއިލާއަށް ކާބޯތަކެތި ފޮނުވައިދިނީ އޭދަފުށީގައި ތިބި އޭނާގެ އާއިލާއިން އޭދަފުށިން ކާބޯތަކެތި ގަނެގެން  މާލެ ފޮނުވައިގެންނެވެ. މިގޮތަށް އެތައް އާއިލާ އަކަށް އޭދަފުށިން ވަނީ ކާބޯތަކެތި ފޮނުވާފަ އެވެ. ފާހަގަ ކޮށްލަން މިއުޅެނީ އެކަން އެކަންޏެއް ނޫނެވެ. އޭދަފުށީގެ އެތައް ރައްޔިތުންނެއް އާއިލާއާއެކު މާލޭގައި ދިރިއުޅޭ އިރު އެ އާއިލާތަކަށް ވެސް އޮތީ މި ދަތިކަން ދިމާވެފައެވެ. ދަތުރު ފަތުރުކުރުން ހުއްޓިފައިވާ މި ދަނޑިވަޅު އެއާއިލާތަކަށްވެސް ރަށުން ފޮނުވަން ބޭނުންވާ ތަކެތި ސަރުކާރުން ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ގެންގޮސްދިނީ ހަފްތާއަކު ދެ ފަހަރު ފަސްމުގޫ ފިހާރައަށް މާލެއިން އޭދަފުއްޓަށް މުދާ އުފުލައިގެން ދަތުރު ކުރާ ބޮޑުދޯނި ”އާއިލާ” އެވެ. ފަސްމުގޫ ކުދިންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ބުނެލެވޭ ފުރަތަމަ ބަހަކީ މިއީއެވެ.

ހަމައެހެންމެ ނިމިދިޔަ ރޯދަމަހު އޭދަފުއްޓަށް އެންމެ ބޮޑުއެހީތެރި ކަމެއް ފޯރު ކޮށްދީފައިވަނީ ވެސް ބ.އަތޮޅުގައި ހޯލްސޭލް، ރީޓެއިލް ވިޔަފާރީގައި އެންމެ ނަން ހިނގާ އޭދަފުށީ ފަސްމުގޫ ސުޕަރމާކެޓުންނެވެ. ނެވެ.

އެހެން ރޯދަމަހާ ޚިލާފަށް މިއަހަރު ވެގެން ދާނީ ތަދު ރޯދަމަހެއްގެ ގޮތުގައި ކަމުގެ އަޑު ގަދަވެފައި ވަތީ އެކަމާ ރައްޔިތުން ތިބީ ހިތް ނުތަނަވަސްކަމެއްގައި ދެންވާނެ ގޮތެއް ނޭގޭ ހާލަތުގައެވެ. މި ދަނޑިވަޅުގައި އާއްމުންގެ ހިތްހަމަޖައްސައި ދިނުމަށް ތެދުވީ ޝައކެއްނެތް ގޮތުގައި ފަސްމުގޫ އިންނެވެ. ކާބޯތަކެތީގެ އިތުރުން ރަށަށް ބޭނުންވާނެ ތަރުކާރީއާއި މޭވާ ގެނެސްދިނުމުގައި އެޓީމް ވަނީ ވަރަށް އަވަދި ނެތި ބުރަ މަސައްކަތް ތަކެއް ކޮށްދީފައެވެ. މާލެއާ އޭދަަފުއްޓާ ދެމެދު މުދާ އުފުލަން ޚާއްސަކޮށްފައި އޮންނަން އެ ޓީމުގެ ބޮޑު ދެދޯނި ޝެޑިއުލް ކޮށްގެން ހަފްތާއަކު ދެފަހަރު ދެދޯނި ބަރާކޮށްގެން އަންނަނީ ރޯދައަށް ބޭނުންވާނެ ތަކެތި ހިފައިގެންނެވެ.

“ހަފްތާއަކު ދެދޯނީގަ ދެފަހަރު ސަޕްލައި އާދޭ. މާނައަކީ ދަތުރަށް ފުލް ލޯޑް ނުވިޔަސް ޝެޑިއުލް ކޮށްފަ އޮތްގޮތަށް ދަތުރު ކުރާނެއޭ.” ކުންފުނީގެ ޑިރެކްޓަރު ހުސެން ޝަހީމް އީވީއަށް މައުލޫމާތު ދެއްވިއެވެ.

ހުސެން މައުލޫމާތު ދެއްވި ގޮތުގައި މި ފަހަރުގެ ރޯދަމަހަށް ތައްޔާރު ވަމުން އައީ ތަފާތު ގޮތަކަށެވެ. އެއީ ލޮކްޑައުންގައި ތިބެގެން ދިމާވާނެ ދަތިތަކާމެދު ދުރާލައި ވިސްނައި ރޯދައަށް ބޭނުންވާނެ ކޮންމެ އެއްޗެއް ކަމަށް ވިޔަސް ފިހާރައަށް ގަންނަން ނާދެވިއްޖެނަމަ ، އޮންލައިން ކޮށް ޕޭމަންޓް ހެދުމުން އެމީހަކު ބޭނުންވާ ތަނަކަށް ފޯރުކޮށްދޭ ދޭ ގޮތަށެވެ. ހަމަ އެއާއެކު މާލެއިން ލިބުން ދަތި އެއްޗަކަށްވިޔަސް އަދި ޑިމާންޑް ކިތަންމެ ބޮޑުވިޔަސް ފަސްމުގޫ އިން ވިޔަފާރި ކުރަމުން އައީ “ހުސްވީމާ ހުސްވީ” ގެ އުސޫލާ އެއްގޮތަށެވެ. އަގުބޮޑުކުރުމަކީ އެމީހުންގެ ސިޔާސަތެއް ނޫނެވެ. އޭގެ މިސާލަކަށް ހުސެން ފެށީ ލުނބޯ ގެ ވާހަކައިންނެވެ.

އަބަދުވެސް ރޯދަމަހަކީ މާލޭ ބާޒާރުގައި ރަނަށްވެގެން އަރައިގެން ދާއެއްޗކެވެ. އޭދަފުށީގައިވެސް އެކަން އެގޮތަށް ހިނގިއެވެ. އެކަމަކު ފަސްމުގޫއިން ވިއްކަމުން ގެންދިޔައީ އެމީހުންނަށް ލިބުނު އަގަށް ކުޑަކުޑަ މާޖިން އެއްލައިގެންނެވެ.

“ލުނބޯއަށް މިރޯދަމަހު ވަރަށް ބޮޑު ބަދަލު ތަކެއް އައި. އެއްދުވަހު އެކަނިވެސް ވިއްކިން 100ކޭސް. ޖުމްލަ 500ކޭސް ލުނބޯ ފަސްމުގޫ ފިހާރައިން މި ލޮކްޑައުން ތެރޭގަ ވިއްކައިފި. އެހެންނަމަވެސް އުސޫލެއްގެ ގޮތުން އަހަރެމެން ބެލީ އަގާ ނުކުޅެން.” ހުސެން މައުލޫމާތު ދެއްވިއެވެ.

ހުސެން އިތުރަށް ހާމަކުރެއްވި ގޮތުގައި ރާއްޖެ ލޮކްޑައުން ކޮށްފައި އަވައްޓެރި ގައުމުމުތަކުގެ ބޯޑަރު ބަންދު ކޮށްފައި އޮތުމުން ތަކެތީގެ އަގު ބޮޑުވެގެންދާނެ ވާހަކަ ވަރަށް ބާރަށް ދެކެވުނު ކަމަށެވެ. އެހެންވެ ކަމުގެ ހަގީގަތް ސާފުކުރަން ފުރަތަމަ ގުޅީ ސަޕްލަޔަރުންނަށެެވެ.

“އަހަރެމެންނަށް ލިބުނު އެންމެ ބޮޑު އިތުބާރަކީ ޑައިރެކްޓް އިމްޕޯޓަރުން ދިން ޔަގީންކަން. އެމީހުން ޔަގީން ކަން ދިން މުދާ ލިބޭނެކަން. އިމްޕޯޓުގަ ޑައުޓެއްނެތޭ ބުނި. އެހެންވީމާ މުދާ އަގު ބޮޑު ކުރުމުގެ ވިސްނުމެއް ނޯންނާނެތާ! މިސާލަކަށް ސަޕްލަޔަރަކު މިވެނި އެއްޗެއް ނުލިބޭނެއޭ ބުނެފިނަމަ އަހަރެމެން ވިސްނާނެ ދޯ އެއެއްޗެއް ހިފަހައްޓަން. މީގަ އޮތީ ހަމައެކަނި ޑެލިވަރީގަ އޮތް ކުޑަކުޑަ އިޝޫއެއް. ތަފާތަކީ އޮންލައިން ޕްލެޓް ފޯމެއްގަ ކުރުމާ ގޯޑައުން ތަކުން ޑެލިވަރީ ނުކުރެވޭކަން.” ހުސެން ސާފުކޮށްދެއްވި އެވެ. 

ސަޕްލާޔަރުން ދިން އިތުބާރާއެކު ހުސެންމެން ކުރި ކަމަކީ އެމީހުންގެ މެއިން ޕަވަރ ވަރުގަދަކޮށް މީހުންނާ ވެހިކަލް އިތުރު ކުރީއެެވެ. އެހެންވީމާ މާލެއިން ތަކެތި ލިބުމާ ރަށަށް ގެނައުމުގައި އެއްވެސް ދައްޗެއް މެދުވެރިއެއް ނުވެއެވެ. ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމާ މުދާ ލިބުމުގައި ދައްޗެއް ކުރިމަތި ނުވި ގޮތަކީ މިއެވެ.

ރޯދަމަހަކީ އައިސްކުރި ކުކުޅާ ފްރޯޒަން ތަކެތިވެސް ގިނައިން ބޭނުންވާނެ މަހަކަށް ވާތީވެ އޭގެ ރަނގަޅު ސްޓޮކެއް ބެހެއްޓުމުގެ ގޮތުން އެމީހުން ވަނީ ބޮޑު ޚަރަދުތަކެއް ކޮށްފައެވެ.

“ސަޕްލައި ދޯނީގަ ހުންނާނެ 500 ކުކުޅު ރައްކާކުރެވޭ ވަރުގެ ކޯލްޑް ސްޓޯރޭޖް. މީގެ އިތުރުން ގޯޑައުންގަ 1000 ކުކުޅު ރައްކާކުރެވޭނެ ޖާގަ ރޯދަމަހާ ދިމާކޮށް އިތުރު ކޮށްފަ ހުންނާނީ.”

މި ސްޓޯރޭޖާއެކު ހަފްތާއަކު ދެ ފަހަރު ދެ ދޯނި މާލެއާ އޭދަފުއްޓަ ދެމެދު ޝެޑިއުލް ދަތުރުތައް ކުރާގޮތަށް ނިންމާފައިވާއިރު ރައްޔިތުންނާ ހަމައަށް މުދާ ގެނައުމާ މުދާ ހުސްވެގެން ލިބެން ނެތް ޝަކުވާ އަށް ނިމުން އަންނާނެއެވެ.

ފަސްމުގޫ ޓީމް، ޚިދުމަތުގައި ތިބި ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ތިން ހޯލްސޭލަރުންގެ ފިހާރަތައް މޮނީޓަރިންގ އަށް ބަންދު ކުރުމުން އެތަކެތި ގެނައުމުގައި ފަސްމުގޫއަށް ވެސް އުނދަގޫ ތަކެއް ދިމާވިއެވެ.

އެކަމުގެ ސަބަބުން ހޯލްސޭލަރުންގެ އަތުން ނަގައިގެން ވިއްކާ މީހުންގެ އަތުން ގަންނަން ޖެހުނީއެވެ. ކުރިއަށްވުރެ އަގު ބޮޑުކޮށެވެ. އެކަމަކު ފަސްމުގޫ ފިހާރައިން ވިއްކާ އަގަށް ބަދަލެއް ނުގެނެއެވެ.

“މިސާލަކަށް ޖޭކޭ ބިސްކޯދު ޑަބިޔާ 225ރ. އަށް ގަނެގެން 215 އަށް މި ވިއްކަނީ. ލޮކް ޑައުންގަ ލޮކް ކޮށްފަ އޮތީމާ އެމްއެޗްއާރުން ގަނެގެން .އެކަމަކު ޑައިރެކްޓް އިމްޕޯޓަރު އަތުން ލިބޭ އަގުން ވިއްކީމާ އެމާޖިން ލިބޭ. ގެއްލުން ވިޔަސް އަގާ ނުކުޅުމަކީ ގެންގުޅޭ އުސޫލެއް. ލިލީއިން ސަންކްއިކް ނުލިބުނީމާ ލިލީން ނަގާފަ ހުރި މީހަކު އަތުން އަގު ބޮޑުކޮށް ނެގީ. ނަމަވެސް އަގު ބޮޑެއް ނުކުރަން. އަހަރެމެން އެނބުރި ސަންކްއިކަށް ދާނަން.” ހުސެން ބުންޏެވެ.

ޕްލޭނެއް އޮވެގެން އެޕްލޭނާ އެއްގޮތަށް ކަންތައް ކުރުމުން ފަސްމުގޫގެ ވިޔަފާރިއަށް ވަނީ އޭގެ ރަނގަޅު އަސަރު ކޮށްފައެވެ. ވޭތުވެ ދިޔަ މަސް ތަކުގައި ނުވާވަރަށް ސޭލްސް ރަނގަޅުވެފައެވެ.

“މި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާ ރޯދަ މަހު، އަތޮޅުން ބޭރުން ހަމައެކަނި ކާށިދޫން ވަރަށްބޮޑު އަދަދެއްގެ ވިޔަފާރި ކުރިން. ރ.މަޑުއްވަރިން އެކަނި ވެސް ހިތްހަމަ ޖެހޭވަރަށް ސޭލްސް އިތުރުވި. އަހަރެމެންގެ މަސައްކަތުން މި ވިޔަފާރި ފެށިފަހުން ތާރިހުގަވެސް ނުވާ ވަރަށް ސޭލްސް ހަދައިފިން.” ހުސެން ގެ ޕްލޭންގެ ކާމިޔާބީ އީވީ އާ ހިއްސާ ކުރަމުން ބުނެލިއެވެ.

ފަސްމުގޫ ގެ ކާމިޔާބަކީ އޭދަފުއްޓަށްވެސް އޭދަފުށީ ރައްޔިތުންނަށްވެސް ލިބޭ ކާމިޔާބީއެކެވެ. ފަސްމުގޫ ޓީމް ކުރިއަށް ދަނީ އެ އަމާޒުގަ އެވެ. ކޮންމެ ހުކުރު ދުވަހު އޮންނަ ފަސްމުގޫ ސޭލްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތީގެ އަގު ދަށްކޮށްފައި ހުންނަނީ އެހެން ވީމައެވެ. ރޯދަމަހަށް ބޭނުންވާހައި އެއްޗެއް ނަން ހުސްކޮށް ތަރުކާރީއާއި މޭވާ ވެސް އެހެން ރޯދަމަހެކޭ ތަފާތެއްނެތި ހުސެން ބުނިހެން ކުޑަކުޑަމާޖިން އެއްލާފައި ވިއްކަމުން ގެންދިޔައީ އެހެންވީމައެވެ. ދަތުރު ފަތުރު ކުރުން މަނާވެ ފުރަބަންދުގެ ދުވަސްވަރު މާލޭގައި ތިބި އާއިލާތަކަށް ރައްދުކޮށްދިނުމަށް ހަވާލުކުރާ ހަދިޔާ ފޮށިގަނޑު ސައިޒަކަށް އަދަދަކަށް ބެލުމެއްނެތި ހަމަހިލޭ ސާބަހަށް އެ ގެންގޮސްދެނީ އަމިއްލަ އެދުމެއްނެތި ލޯބިންނެވެ. އެކަން ރައްޔިތުން ގަބޫލު ކޮށްފިއެވެ. ނިމި ދިޔަ ރޯދަމަހު ރައްޔިތުންނަށް ބޭނުންވާ ހުރިހާ އެއްޗެއް އަތްފޯރާ ފަށަށް ގެނެސްދިނުމަށް ކޮށްދިން ބުރަ މަސައްކަތަށް ތާރީފުގެ ބަސްތައް އޮއްސަމުން އެގެންދަނީ އެހެންވެގެންނެވެ. 

 

 

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު