މޫދަށާއި ގޮނޑުދޮށަށް ކުނި އަޅާ މީހުން ޖޫރިމަނާކުރެވޭ ގަވައިދެއް ހަދަނީ

332704_3_44367229679ac1002a9ffec2bd0eab33a737e6f0_large.jpg
ރަށްރަށުގެ މޫދަށާއި ގޮނޑުދޮށް ތަކަށް ކުނިއަޅާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، މޫދަށާއި، ގޮނޑުދޮށްތަކަށް ކުނި އަޅާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާ ކަމަށެވެ. އަދި އެ ކަމަކީ ވަރަށް ހަރުކަށިކޮށް ބަލަހައްޓަންޖެހޭ ކަމެއް ކަމަށް ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަކީ އިގްތިސާދާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ މިކަންތައް ހަރުކަށިކޮށް ބަލަހައްޓަން ޖެހޭ ކަމަށެވެ. އެކަން ހައްލުކުރެވެން އޮތީ ފިޔަވަޅު އަޅައިގެން ކަމުން، މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކުރަން ގަވައިދެއް އެކުލަވައިލާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

ކުނި މެނޭޖު ކުރުމުގެ ގާނޫނު ތަންފީޒުކުރުން ހަރުދަނާ ކުރުމަށް 3 ގަވާއިދެއް އެކުލަވާލާ، 2 މަހެއްހާ ދުވަހުގެ ތެރޭގައި އާއްމުކޮށް އަމަލުކުރަން ފަށާނެ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.

”މިހާރު ކުރަމުންދަނީ މި ގަވާއިދުތައް އެކުލަވާލުމުގެ އެންމެފަހު މަރުހަލާތަކުގެ މަސައްކަތް. މީގެތެރޭގައި ހިމެނެނީ، ކުނި މެނޭޖު ކުރުމުގެ އާއްމު ގަވާއިދެއް އެކުލަވާލުމާއި، ކުނި މެނޭޖު ކުރުމުގެ ހިދުމަތް ދިނުމުގެ ގަވާއިދާއި އަދި އެއްފަހަރު ބޭނުންކޮށް އުކާލާ ކުންޏާއި ގުޅޭ ގަވާއިދެއް. މި މަސައްކަތްތަކުގެ ސްޓޭކް ހޯލްޑާ ކޮންސަލްޓެންސީގެ މަސައްކަތް ނިމި، ގާނޫނީ ބައިތައްވެސް ވަނީ ނިމިފައި“ ތޯރިގުވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top