ބ. ތުޅާދޫގެ ދަތުރުވެރިންގެ ހިޔާއަށް ފެނާއި ނަރުދަމާ ގުޅައިދިނުމުގެ މަސައްކަތް އެރަށު ފެނަކަ ބްރާންޗް އިން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ތުޅާދޫގެ ދަތުރުވެރިންގެ ހިޔާއަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް އެރަށު ފެނަކަ ބްރާންޗް އިން ފަށައިފި ކަމަށެވެ. އަދި މި މަސައްކަތް ވީހާ އަވަހަކަށް ނިންމުމަށް އަމާޒު ހިފާފައި ވާކަމަށްވެސް އެ ޕޯސްޓްގައިބުނެފައިވެއެވެ. މީގެއިތުރުން މި މަސައްކަތް ކުރުމުގައި ތުޅާދޫ ފެނަކަ މުވައްޒަފުން ބުރަކޮށް މަސައްކަތް ކުރަމުންދާކަންވެސް ފެނަކައިގެ ޕޯސްޓްގައި ބުނެއެވެ.
ފެނަކަ އިން އަންނަނީ ރާއްޖެތެރޭގެ ގިނަ ރަށްރަށަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުންނެވެ.





