އިންނާނެކަމަށް ބުނެ އަތުލި ފޯނު އަނބުރާ ހޯދަން ކޯޓަށް

istockphoto-1199656488-612x612-1.jpg

Mockup image of a woman holding and showing white mobile phone with blank black desktop screen to someone

އިންނާނެ ކަމަށް ބުނެ، އެ މީހާ އަތުން އުތުރުގެ ރަށެއްގެ އަންހެންނަކު މަކަރާއި، ހީލަތުން ހޯދި އައިފޯން 16 ޕްރޯ މެކްސް ފޯނު އަނބުރައި ހޯދަން އެ އަންހެން މީހާގެ ރަށު ކޯޓަށް ފިރިހެން މީހާ ހުށަހަޅައިވެއެވެ. ފިރިހެންމީހާ ނިސްބަތް ވަނީ މެދު ރާއްޖެތެރޭގެ ރަށަކާއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުމުން، އަންހެން މީހާގެ ފަރާތުން ވަނީ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ފިރިހެން މީހާއަށް ލިބިގެންނުވާ ކަމަށް ބުނެ، އިހުތިސާސާމެދު ސުވާލު އުފައްދާފައެވެ. އެ ފަރާތުން ބުނެފައިވަނީ، މިއީ މަކަރާއި ހީލަތުގެ މައްސަލައެއް ކަމަށާއި، މިފަދަ މައްސަލަތަގައި ދަޢުވާ ކުރެވޭނީ ޕްރޮސިކިއުޓަރު ޖެނެރަލް ކަމަށެވެ.

އެހެންނަމަވެސް، ދަޢުވާކުރި ފިރިހެން މީހާގެ ފަރާތުން ބުނެފައިވަނީ، “މަކަރާއި ހީލަތް” ކަމަށް ބުނެފައި އެވަނީ ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ނޫން ކަމަށެވެ. އަދި މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އޭނާގެ ފަރާތުން ވަނީ ކޯޓްގައި އެދިފައެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި، ބުދަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މި މައްސަލައަށް ޖަވާބުދާރީވުމަށް ދަޢުވާ ލިބޭ އަންހެންމީހާއަށް އަންގާފައިވެއެވެ.

ކައިވެނި ކުރާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާއާއި، ތަކެތި ހޯދުމުގެ މައްސަލަތައް މިހާރަކަށް އައިސް ގިނަވަމުންދާކަން ފާހަގަކުރެވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top