ރައީސުލްޖުމްހޫރިއްޔާ އަށް ކުޑަރިކިލުން ހޫނު މަރުހަބާއެއް

big_xa1g4o8oZw6f4F6N3s52o2g0R.jpg

ރައީސް ކުޑަރިކިލަށް ވަޑައިގެނެނެވުން---ފޮޓޯ: ރައީސް އޮފީސް

ރައީސުްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު މިއަދު ބ.ކުޑަރިކިލަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ރައީސް، ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބ.އަތޮޅުގެ 13 ރަށަށް ކުރައްވަން މިއަދު ފެއްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލަކީ ކުޑަރިކިލެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޑަރިކިލަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ރަށުގެ  ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް އިސްތިގްބާލު ކުރެއްވުމުގެ ގޮތުން ރަށުގެ އަތިރި މައްޗަށް ނުކުމެ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ކުޑަރިކިލު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެރަށުގެ ތަރައްގީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ކުޑަރިކިލުގައި އަލަށް އިމާރާތްކުރެވޭ ސިއްޙީ މަރުކަޒުގެ ބިންގާ އެޅުމާއި، އެރަށުގައި އަަލަށް ގާއިމްކުރެވިފައިވާ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމާއެކު ރައީސުލްޖުމްހޫރިއްޔާ ކުޑަރިކިލުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް މި ދަތުރުފުޅުގައި އޮންނާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top