ކެންދޫ ގޮނޑުދޮށަށް މަރުވެފައިވާ މުށިމަސް ލައްގަނީ

original_1752050050174.jpeg

ކެންދޫ ގޮނޑުދޮށަށް މުށިމަސް ލައްގާފައި- ފޮޓޯ/ ކެންދޫ މަސްވެރިން

ބ. ކެންދޫ ފަޅުގައި އޮތް މުށިމަސް އައިނުން ގިނަ އަދަދެއްގެ މަސްތައް މަރުވެގެން ރަށުގެ ގޮނޑުދޮށަށް ލައްގަން ފަށައިފިއެވެ.

ކެންދޫ ކައުންސިލުން މި މައުލޫމާތު ހާމަކުރަމުން ވިދާޅުވީ، ރަށުގެ ވަށައިގެން މުށިމަސް އައިން އޮންނަތާ ގާތްގަނޑަކަށް ހަތަރުމަސް ވެދާނެ ކަމަށެވެ.

އަދި މީގެ ކުރިންވެސް ދޭތެރެއިން މަސް މަރުވެފައި ހުންނަކަން ފާހަގަވިޔަސް އާދަޔާ ޚިލާފަށް ގިނަ މަސް މަރުވެފައިވާކަން ފާހަގަ ކުރެވެންފެށީ ފާއިތުވި ތިން ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތައް މަރުވެގެން ގޮނޑު ދޮށަށް ލައްގާތީ، ކައުންސިލުން އަންނަނީ މަސްތައް ނަގައި ސާފު ކުރަމުންނެވެ. އެކަމަކު މިއަދު މިދިޔަ ތިން ދުވަހާއި ބަލާއިރު މިއަދު މަރުވެގެން ލައްގާފައިވާ މަސްތަކުގެ އަދަދު މަދު ކަމަށް ވެއެވެ.

މި މަސްތައް މަރުވާ ސަބަބު އަދި ސާފު ނުވާ ކަމަށާ، އެހެން ނަމަވެސް މި މައްސަލަ އީޕީއޭ އަށާއި އެންވަޔަމަންޓް މިނިސްޓްރީއަށް މިހާރު ރިޕޯޓް ކޮށްފައިވާނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އަދި ވެސް އޭނާ ވިދާޅުވިއެވެ.

”ލަފާ ކުރެވެނީ މަސްތައް މަރުވަނީ އޮކްސިޖަން މަދުވެގެން. ރަށުގެ ވަށައިގެން މަސްތައް އުޅެނީ. މަރުވެގެންވެސް އެކި ސަރަހައްދު ތަކަށް ލައްވެފައި ހުރި. ރަށު ވަށައިގެން ތޮށިޖަހާފައި އޮންނަނީ. އަދި މިދިޔަ ދުވަސް ކޮޅަކީ ވަރަށް ހޫނުވެސް ގަދަ ދުވަސްކޮޅެއް. އެއްފަހަރާ އެހާ ގިނަ މަސް ފަޅުގައި އުޅޭއިރު، އޮކްސިޖަން ލިބުމުގައި ދަތިތައް ކުރިމަތިވެގެން މަރުވަނީ ކަމަށްވެސް ބެލެވޭ“ ކައުންސިލުން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ކެންދޫ ފަޅުތެރެއަށް ވަންނަ މަސް މަރުވެގެން ގޮޑުދޮށަށް ލައްގާ މައްސަލަ ދޭތެރެއިން ފެންމަތިވާ ކަމަށް އެ ރަށު މީހުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top