އަގު ނުޖަހައި މުދާ ވިއްކުމުގެ ޝަކުވާ ބޮޑުވެއްޖެ

64e62e28-8b0c-4449-a9b9-dfd95c8b2690.jpeg

ކުޅުދުއްފުށީގެ ބައެެއް ފިހާރަތަކުގައި ވިއްކަން ހުންނަ މުދަލުގައި އަގު ނުޖަހައި ހުންނަކަމުގެ ޝަކުވާތައް ބޮޑުވެ، އެކަން ހައްލު ކުރަން ކުޅުދުއްފުށި ސިޓީ ކައުންސިލުން އަންގައިފި އެވެ.

އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެ ސިޓީގެ ބައެއް ފިހާރަތަކުން ވިއްކާ މުދަލުގައި އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުުން އަންނަ ކަމަށެވެ. އެހެންވެ މުދާ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭ ގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބަހައްޓައިގެން ނުވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

މިކަމަށް މުދާ ވިއްކާ ހުރިހާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އަންގާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top