ނައިންޓީ ޕްލަސް، ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ކ. ގުރައިދޫ ބަލިކޮށް، މާލޭ ސިޓީ މޮޅުވުމާ އެކު ފައިބަލްގައި އޭދަފުއްޓާ ދެކޮޅަށް ބައްދަލު ކުރާ ޓީމަކީ މާލެކަން ޔަގީން ވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު ކުއާޓާ މެޗުގައި މާލެއިން ގުރައިދޫ ބަލިކުރީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މާލެ މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގީ ގުރައިދޫންނެވެ. އެޓީމަށް ގޯލު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އަހުމަދު އިބްރާހީމް އައްބާސެވެ.
މި މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، މާލެއިން އެއްވަރުކުރިއެވެ. މާލެ އެއްވަރުކުރީ ގުރައިދޫގެ ޑިފެންޑަރު، އަހުމަދު ނޫމާން (ހެލްމެޓް) އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
މެޗުގެ ފަހުކޮޅުވެސް ފޯރިގަދަކޮށް ފެނުނު ޕެނަލްޓީގައި ގުރައިދޫ ކީޕަރު އަހުމަދު ސަމީރު ވެސް އެއް ޕެނަލްޓީ މަތަކުރިއެވެ. ނަމަވެސް ޓޮޕްލަކް ވަނީ ދެ ސޭވްއަކާއެކު މެޗު ކާމިޔާބު ކޮށްފައެވެ.
މި ނަތީޖާ އާއި އެކު އޭދަފުށިން ސެމީގައި ނުކުންނަން ޖެހޭނީ އިއްޔެ ހަވީރު މޮޅުވި މާލޭ އާއި ދެކޮޅަށެވެ.