ތުޅާދޫ އަންހެނުން ކޮމެޓީން ތުޅާދޫ ސްކޫލުގައި ރީޑިންގ ޕާކެއް

large_1733510629151A5p.jpg

ބ. ތުޅާދޫ ސްކޫލްގައި ހިތް ގައިމު މާހައުލެއްގައި ފޮތްކިޔާލަން ފަސޭހައިން ތިބެވޭގޮތަށް އެރަށު އަންހެނުން ކޮމެޓީން ރީޑީން ޕާކެއް ހަދައި، އެތަން އިއްޔެ ސްކޫލާ ހަވާލުކޮށްފިއެވެ.

”ފޮތްތެރިންގެ ދާލަ“ ގެ ނަމުގައި އެ ސްކޫލުގައި ހުޅުވި މި ޕާކަކީ ދަރިވަރުންނަށް ހަމަޖެހިލައިގެން ފޮތް ކިޔުމަށާއި ގްރޫޕް ސްޓަޑީތައް ހެދޭހެން ފަރުމާކޮށްފައިވާ ޕާކެކެވެ.

އެގޮތުން، މިޕާކުގައި ތިން ބެންޗާއި, އިނގިރޭސިއާއި ދިވެހި ބަހުގެ ފޮތްތައް ބަހައްޓާ ދެ ފޮތްގޭގެ އިތުރުން ފޮތް ކިޔާލަން ތިބެވޭ ގޮތަށް ލަކުނޑިން ހަދާފައިވާ ފޮތް ހިޔަލައެއްވެސް ވަނީ ބަހައްޓާފަ އެވެ.

ސްކޫލު ހުޅުވާފައި ހުންނަ ހުރިހާ ގަޑިތަކެއްގައި ވެސް މި ޕާކު ބޭނުން ކުރެވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top