ކޭޝްކާޑުގެ ބަދަލުގައި ބޭނުންކުރެވޭ އަނގޮޓިއެއް އެމްއައިބީން ތައާރަފު ކޮށްފި

Maldives-Islamic-Bank-Faisa-ring-1.png

ކޭޝް ކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ އަނގޮޓިއެއް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ތައާރަފު ކޮށްފި އެވެ.

”ފައިސާވެއާ“ގެ ނަމުގައި ރޭ ހުޅުމާލޭގައި ބޭއްވި ހަފުލާއެއްގައި ތައާރަފު ކުރި މި އަނގޮޓި އަކީ އޭޓީއެމް ތަކާއި ޕީއޯއެސް ތަކުން ކޭޝްކާޑުގެ ބޭނުންތައް ކުރެވޭ އަނގޮޓިއެކެވެ.

”ފައިސާވެއާ“ އަނގޮޓި ކޮންމެ ތަނަކު ކޮންމެ ވަގުތަކުވެސް ގެންގުޅެވޭނެއެވެ. އަނގޮޓި އާއެކު މޫދަށް އެރުނު ކަމުގައި ވިޔަސް އަނގޮޓި ނަގަން ނުޖެހޭނެއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ މާލޭ ބިޒްނަސް ސެންޓަރުންނާއި ރަށްރަށުގައި ގާއިމުކޮށްފައި ހުންނަ ބްރާންޗްތަކުން ވެސް އެ އަނގޮޓި މިހާރު ލިބެން ހުންނާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top