މިއަދުވެސް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅިރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓްއެލާޓް ނެރެފައިވަނީ މިއަދު 3:00 އާއި ހަމައަށެވެ.
މި ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި ވިލާގަނޑުގައި ގަޑިއަކު 19-24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
އަންނަ ބުދަ ދުވަހާއި ހަމައަށް މޫސުން ގޯސްވާނެތީ ކަމާބެހޭ އިދާރާތަކުން ވަނީ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަަޅުތައް އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.