ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ.
އަގަށް އައި މި ބަދަލާއި އެކު ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް 13.98 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 13.92 ރ. އަށް ލިބޭނެއެވެ.
އެސްޓީއޯއިން ކުރިން ޑީސަލް ލީޓަރެއް ވިއްކީ 14.62 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކީ 14.33 ރުފިޔާ އަށެވެ. އެހެންކަމުން އެސްޓީއޯއިން މިވަނީ ޑީސަލް ލީޓަރަކުން 0.70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.35 ލާރި އަގުހެޔޮ ކޮށްފައެވެ.
އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގުތަކަށް ބަދަލު ގެނައީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެ ފަހަރު އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރަކުން 0.40 ލާރި އަދި ޑީސަލް ލީޓަރަކުން 0.45 ލާރި އަގުހެޔޮކޮށްފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ އެކު އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ވެސް އޭގެ ހެޔޮ ބަދަލު ގެނެއެވެ.