ދިރާސީ އަހަރަށް ބަދަލު ގެނައީ ގިނަ ބައެއްގެ ޚިޔާލާ ދެކޮޅަށް

Screenshot-2024-03-19-at-13.47.49-2048x1359-1.jpeg

ކުރީ ސަރުކާރުން ދިރާސީ އަހަރަށް ބަދަލު ގެނެސްފައިވަނީ ގިނަ ބައެއްގެ ޚިޔާލާ ދެކޮޅަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ދިރާސީ އަހަރަށް ބަދަލު ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު ވިދާޅުވީ ކުރީ ސަރުކާރުން ދިރާސީ އަހަރު ބަދަލުކޮށްފައިވާގޮތް ބެއްލެވި ކަމަށެވެ. އަދި އެގޮތަށް ބެއްލެވިއިރު އެ ބަދަލު ގެނައުމާ ގުޅޭގޮތުން 30،000 މީހުންގެ ޚިޔާލު ހޯދާފައި އޮތްކަން އެނގުނު ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ދިރާސީ އަހަރު ބަދަލުކޮށްފައިވަނީ ހިޔާލު ހޯދި 30،000 މީހުންގެ ތެރެއިން 70 އިންސައްތަ މީހުންގެ ޚިޔާލާ ދެކޮޅަށް ކަމަށެވެ. ޝަފީއު ވިދާޅުވީ އެކަޑެމިކް ކަލަންޑަރާ ކުޅެން ރައްޔިތުން އަދި ޓީޗަރުން ނޭދޭ ކަމަށެވެ.

މިސަރުކާރުން ނިންމާފައިވަނީ 2026 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރު ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލު ކުރުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top