އިންތިޚާބީ ރައިސް، ޑރ. މުހައްމަދު މުއިއްޒަކީ އެއްވެސް މީހެއްގެކިބައިން ބަދަލުހިއްޕަވާނެ ބޭފުޅެއް ނޫންކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް އިން މިއަދު ގެނެސްދިން ”ދިވެހިންގެ ރާއްޖެ“ ޕްރޮގްރާމުގައި ފިރިކަލުން މުއިއްޒު އާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސާޖިދާ ވިދާާޅުވީ ދުވަހަކުވެސް މީހެއްގެ ހައްގަކަށް ނާރާނެ ކަމަށް މުއިއްޒު އަބަދުވެސް ވިދާޅުވާނެ ކަމަށެވެ. އެމަނިކުފާނާ ދޭތޭރޭ ގޯސްކޮށް ކަމެއް ކުރި ނަމަވެސް ބަދަލު ހިއްޕެވުމުގެ ގޮތުން މުއިއްޒު އެއްވެސް ކަމެއް ނުކުރައްވާނެކަމީ ކަށަވަރުވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ.
”ޑރ.މުއިއްޒަށް ގެއްލުމެއް ދެއްވީތީވެ, އެ މީހަކާމެދު ކަމެއް ނުކުރައްވާނެ ކަމީ ޔަގީނުން ވެސް ނުކުރައްވާނެ ކަމެއް.“ ސާޖިދާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެސް މުއިއްޒު ވިދާޅުވީ ދުވަހަކު ވެސް އެއްވެސް މީހަކަށް އަނިޔާއެއް, ދެރައެއް ދީފައެއް ނޯންނާނެ ކަމަށެވެ. އަދި އެއްވެސް މީހެއްގެ ހައްގަކަށް އަރައިގެންފައެއް ވެސް ނޯންނާނެ ކަމަށެވެ.