ނަމާދަށްހުރި މީހެއްގެ ކަންފަތުން ބައެއް ކާލައިފި

128-6.jpg

މާލޭގެ މަސްޖިދުއްތަޤްވާގައި ޟުޙާ ނަމާދުކުރަން ހުރި މީހެއްގެ ވާތުކަންފަތުން ބައެއް ކާލައިފިއެވެ.

މިއަދު ހެނދުނު 9:30 އެހާކަށްހާއިރު މިކަން ހިނގާފައިވަނީ އުމުރުން 53 އަހަރުގެ މިމީހާ މިސްކިތުގައި ނަމާދުކުރަން ހުއްޓާ ސ.ހިތަދޫ ސްޓޯބެރީގޭ އާސިމް އިބްރާހީމް 24. މިސްކިތްތެރެއަށް ވަދެ އޭނާގެ ފޯނު ފޭރެންވެގެން އުޅެ އެކަން ނުވުމުން އައި ރުޅީގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާލިބުނު 53 އަހަރުގެ މީހާއަށް މިހާރުދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެމީހާގެ ކަންފަތުން އަދިވެސް ލޭ މަނާނުވާކަން އެނގިފައިވެއެވެ.

އާއްމުން ރިޕޯޓްކުރުމުން ފުލުހުންއައިސް މި އަނިޔާވެރި އަމަލުހިންގި އާސިމް މިހާރުވަނީ ހައްޔަރުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top