ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގައި ވެރިކަން ކުރާނެ ވެރިއަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިގެންއަމާންކަމާއެކުކުރިއަށްއެބަދެއެވެ.
ހެނދުނު 8:00 އިން ފެށިގެން އޭދަފުށީގައި ވެސް އަމާންކަމާއެކު ވޯޓުލުން ކުރިއަށް އެބަދެއެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަމަޖެހިފައިވަނި ހަވީރު 4 ޖަހަންދެންނެވެ. ނަމަވެސް ނަަމަވެސް ކިއު އަށް ބަލާ ވޯޓުލުމުގެ މުއްދަތު އާއްމުކޮށް އިތުރު ކުރެއެވެ.
ވޯޓު ފޮށި ބަންދު ކުރާތާ 30 މިނެޓް ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ.
މިފަހަރުގެ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މިއީ އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ ރިޔާސީ އިންތިހާބެވެ.
އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ފަސް ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ހިމެނެއެވެ.