ބ.ތުޅާދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް މިއަދު އެރަށަށް ޑްރެޖަރު ގެންގޮސްފިއެވެ.
ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 29 ވަނަ ދުވަހުއެވެ.
ތުޅާދޫ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ) ޕްރައިވެޓް ލިމިޓެޑުންނެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.
އެއާޕޯޓް އެޅުމަށް ތުޅާދޫ ފަޅުތެރެއިން 44.70 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
އެއާޕޯޓް އެޅުމަށް ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ 21.9 މިލިއަން ރުފިޔާ އެވެ.
ތުޅާދޫގައި އެއާޕޯޓެއް އެޅުމަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ.