ޖޭޕީން ނިންމީ ރައީސް ސޯލިހަށް ތާއީދު ކުރުމުގެ ބަދަލުގައި ވާދަ ކުރަން

large_157596190437mhso.jpg

ގާސިމް އިބްރާހީމް--ފޮޓޯ: ސަން

އަންނަ ރިޔާސީ އިންތިޚާބުގައި, އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި މިއަދު ދެ ފަހަރަށް ވޯޓަށް އެހުމުންވެސް ޖޭޕީން ނިންމީ ރައީސް ސޯލިހަށް ތާއީދު ކުރުމުގެ ބަދަލުގައި އިންތިޚާބުގައި ޖޭޕީން ވާދަކުރަން ކަން އީވީ އަށް އެނގިއްޖެ އެވެ.

ޖޭޕީ އަކީ މިހާރުވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ އެވެ.

މިއަދު އެ ޕާޓީން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ތާއީދު ކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމީ, ރައީސް ސޯލިހަށް ތާއީދު ކުރުމާއި ގުޅޭ ގޮތުން ޖޭޕީ ކައުންސިލުން ލަފައެއް ދޭން ލީޑަރު ގާސިމް އިބްރާހީމް އެދިވަޑައިގަތުމުންނެވެ.

އެހެންނަމަވެސް ކައުންސިލުގެ އިއްތިފާގުން ނިންމާފައިވަނީ އެމަގުން ކުރިޔަށް ނުދިއުމަށާއި ހުށެހެޅުން ބަލައި ނުގަތުމަށެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީ, ޖޭޕީގެ އިތުރުން ޕީޕީއެމް, ޑިމޮކްރެޓްސް, އެމްއެންޕީ އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މިހާތަނަށް އިންތިޚާބުގައި ބައިވެރިވާން ކެނޑިޑެސީ ފޯމް ހުށަހަޅާފައިވަނީ ޕީޕީއެމްއިން އެކަންޏެވެ. ނަމަވެސް ޕީޕީއެމްގެ ކެނޑިޑެސީ ފޯމް, ކެންޑިޑޭޓް ޖަލު ހުކުމެއްގައި ހުންނެވުމުން ބަލައި ނުގަންނަން އީސީން ވަނީ ނިންމަވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top