ދަރަވަންދޫން ގޯތި ދޫކުރަނީ

DSCN7780.jpg

ދަރަވަންދޫ : އީވީ ފައިލް ފޮޓޯ

ބ.ދަރަވަންދޫން 2000 އަކަފޫޓުގެ 58 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މި ގޮތަށް ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހު އެރަށު ކައުންސިލުގެ އެރަށު ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 101 ވަނަ ޖަލްސާއިން ފާސްކޮށްގެންނެވެ.

އެޖަލްސާއިން ފާސްކުރީ އެ ރަށު ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށް 2،000 އަކަފޫޓުގެ 58 ގޯއްޗަށް ހުޅުވައިލުމަށެވެ.

ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ގޯއްޗަށް އެދޭ މީހަކީ އުމުރުން 18 އަހަރު ފުރިފައިވާ ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ ހައުސިންގ ޔުނިޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ހުރި މީހަކަށް ވެގެން ނުވުން ހިމެނެ އެވެ.

ހަމައެއާއެކު، ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާތާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހަކަށް ވާން ޖެހޭނެއެވެ.

ގޯއްޗަށް އެދި ހުށަހެޅުމުގެ ފޯމު ދޫކުރާނީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިންނެވެ. މި ފޯމް އަންނަ އަންގާރަ ދުވަހުން ފެށިގެން ޖޫން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި އެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ދަރަވަންދޫ ކައުންސިލުން ބުނީ އެ ރަށުން ގޯތި ދޫނުކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށާއި މިކަމަކީ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.

“ފަސް ވަރަކަށް އަހަރުވެދާނެ. ރަައްޔިތުންނާ އެއްކޮށް ބާއްވާ ކޮންމެ ބައްދަލުވުމެއްގަ އަހާނެ ގޯތި ދޫކުރަނީ ކޮންއިރަކުހޭ،” ދަރަވަންދޫ ކައުންސިލުގެ ނައިބު ރައީސް ހުސެން ނާޒިމް ވިދާޅުވިއެވެ.

57 ހެކްޓަރު ބޮޑުމިނުގެ ދަރަވަންދޫގައި 1200އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އެއާޕޯޓެއް ވެސް އޮންނަ އިރު އެއި ލޯކަލް ޓޫރިޒަމުގެ މަތީފަންތީގައި ފާހަގަކޮށްލެވޭ ރަށެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top