“ސަލާމް ނަމަސްތޭ” އިން ފިލްމީ ދުނިޔެއަށް ތަޢާރަފްވެ އޭގެ ފަހުންވެސް ކާމިޔާބު ފިލްމު ތަކެއް ކުޅެފައިވާ ވިދްޔާ ބާލަން މި ދުވަސްކޮޅު އުޅެނީ އޭނަގެ އަންނަން އޮތް ފިލްމު “ޝާދީކޭ ސައިޑް އިފެކްޓް” ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައެވެ.
އާއްމު އެއްވުން ތަކުގައި ވިދްޔާ މި ދުވަސްވަރު ގަޔަށް ދޫ ހެދުން އަޅާތީ އެކަން މީހުންގެ ސަމާލު ކަމަށް އައުމުން މިކަމާ ގުޅޭ ގޮތުން ސުވާލު ކުރެވޭ ކޮންމެ ފަހަރަކު ވިދްޔާ ދަނީ އޭނާ ޕްރެގް ނޫން ވާހަކަ ދިފާއު ކުރަމުންނެވެ. ވިދްޔާ ބުނާ ގޮތުގައި މި ދުވަސްވަރު އޭނާ މި ކަހަލަ ހެދުން ލަނީ މޫސުމާ ގުޅޭތީ އާއި މިކަހަލަ ހެދުން އޭނާ އާ ވަރަށް ކަމުދާތީ ކަމުގައެވެ.
އެކަމަކު ޚަބަރު ތަޢް ބުނާ ގޮތުން ފަހަކަސް އައިސް ގަޔަށް ދޫ ،މެކްސީ ވައްތަރުގެ ހެދުން ވިދްޔާ ލަނީ އޭނާގެ ޕްރެގް ކަން ވަންހަނާ ކުރުމަށެވެ. މި ކަމަށް ބާރު ލިބެނީ ދާދި ފަހުން ވިދްޔާ މުމްބާއީ ގެ ކްލިނިކަކަށް ޒިޔާރަތް ކުރިކަން ފަޅާ އެރުމުންނެވެ. އިތުރަށް ވިދްޔާ ބުނީ އާއިލާ އެއް ބިނާކުރުމާއި ބޭބީ އެއް ހޯދުން އަދި އަވަސް ކަމުގައެވެ.
އެންމެ ރަނގަޅުތާއެވެ. ވިދްޔާ ގެ މި ވާހަކަ ތަކުގެ ހަގީގަތް އެގުން ދެން މާ ލަހެއް ނުވާނެ އެވެ. މި ކަހަލަ ކަންތަކަކީ މާ ގިނަ ދިވަހަކު ފޮރުވައިގެން އުޅެވޭނެ ކަންތަކެއް ނޫނެވެ. ބަލަން ތިބެމާ ހިނގާށެވެ. އިސާހިތަކު ބުޅާ ގޯނިން ބޭރުވެދާނެއެވެ.