މޯބައިލްފޯނު ބޭނުންކުރުމުގައި ފަރުވާތެރިވޭ!

ގަބްރިއެއްލާ

ގަބްރިއެއްލާ

ޗާޖަރަށް ޖަހައިގެންހުރެ ފޯނުކުރަންހެއްޔެވެ؟ ނުވަތަ ފޯނަށް ޖަވާބުދެންހެއްޔެވެ؟ އެހެންވިއަޔާ އެއީ ގޯހެކެވެ. ފުރަނައަށް ނުރައްކާވެދާފަދަ ހާލަތެއްމެދުވެރިވެދާނެކަމެކެވެ. ދާދިފަހުން އެމެރިކާގެ ޓެކްސަސްގައިވަނީ މީގެ ހާދިސާއެއް ހިނގާފައެވެ.ހާދިސާ ހިނގިގޮތް ކިޔައިދެމުން ލިޔެފައިވެއެވެ.
ޒުވާންކުދިން ހެޑްފޯނު ކަންފަތުގައި ޖަހައިގެން ލަވައަޑުއެހުމަކީ ވަރަށް އާާއްމުކަމެކެވެ. ރޭގަނޑު ނިދަން އޮންނާނީވެސް ހެޑްފޯނު ކަންފަތުގައި ޖަހައިގެންނެވެ .އެކަމަކު މިއީ ކިހާ ނުރައްކާތެރިކަމެއްކަން އެނގޭނަމަ އެކަން އެގޮތަކަށް ނުކުރާނެއެވެ.
މިއަހަރުގެ ޖޫން 10ވަނަދުވަހު އެމެރިކާގެ ޓެކްސަސްގައި އުމުރުން 19 އަހަރުގެ ގަބްރިއެއްލާ(ގަބޭ) މަރުވެފައިވަނީ މިކަހަލަ ހާދިސާއެއްގައެވެ.
ނިއުސްވޮޗް އާއި ހަވާލާދީ ބުނެފައިވަނީ ގަބްރިއެއްލާ ނިދަން އޮށޯތީ ހެޑްފޯން ކަންފަތުގައި ޖަހައިގެން އަދި ފޯނު ޗާޖްކުރަން ޗާޖަރަށްވެސްްޖަހައިގެންނެވެ. އެއީ ކޮންމެރެއެއްގެ އާދައިގެ މަތިން އޭނާ މިއުޒިކް އަޑުއަހާ ގަޑިކަމަށް ވާތީ އޭނާ އޮތީ އެހެން ރޭރެއާވެސް ހަމަ އެއްފަދައިން މިއުޒިކް އަޑުއެހުމަށެވެ. އެކަމަކު އެރޭ ހިމެނިގެންދިޔައީ އޭނާގެ އެންމެފަހުރެއަށެވެ.
އޭނާގެ ބޯއިފްރެންޑް ހަސަންގޭޓް ، ގަބޭގެ މަރާބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނީ ހެނދުނު ފޯނުކުރުމުން އެއްވެސް ޖަވާބެއްނުލިބުމުން ގަބޭއަށް ކޮންމެވެސް ކަމެއްވެއްޖެކަމަށް ޝައްކުވީއެވެ. މިއީ އޭނާގެ ފަރާތުން މީގެ ކުރިން ފެނިފައިވާ ގޮތެއް ނޫންކަމާ ހަސަން ބުނީ އޭނާފޯން ކޮށްފިނަމަ އެވަގުތު ބިޒީވިޔަސް މެސެޖްކުރާކަމުގައެވެ. އެކަމަކު މެސެޖެއްވެސް ނުލިބުމުން އެންމެ ފަހުން އޭނާ ގަބޭއާ ބައްދަލުކުރުމަށް އެގެއަށް ދިޔައީއެވެ.
“ގެއަށް ވަންއިރު އަހަންނަށް ވަރަށް އެހެންފާޑެއްގެ ވަހެއްދުވި. ހީކުރީ ބަދިގޭގައި ބާބަކިއުހަދަނީކަމަށް. އެހެންވެ ފުރަތަމަ ދިޔައީ ބަދިގެއަށް. އެކަމަކު އެތަނުން އެކަހަލަ ނިޝާނެއް ނުފެނުމުން ދެން ދިޔައީ ގަބޭގެ ކޮޓަރިއަށް. ކޮޓަރިއަށް ދިއުމަށް ސިޑިން މައްޗަށް އަރަމުން ދިޔަ ވަރަކަށް އެވަސް ގަދަވަމުން ދިޔަ. ގަބޭގެ ކޮޓަރި ހުޅުވާލުމާއެކު އަހަންނަށް އެވަސް ވަރަށް ބޮޑަށް ގަދަވެގެންދިޔަ. ހީވީ ބާބަކިއު އުނދުނެއްގެ ކައިރީގައި ހުރެވުނުހެން. އެކަމަކު ދެން އަހަންނަށް ފެނުނީ ގަބޭ ފިހިފައި އޮތްތަން.އޭނާ އެހާލުގައި އޮތީ ހެޑްފޯނާވެސް އެކު.” ހަސަން ކިޔައިދިނެވެ.
މިކަން ތަހުގީގުކުރުމަށްފަހު ބުނެފައިވަނީ ގަބޭ ނިދަން އޮށޯވެފައިވަނީ 12:15 ގައި ކަމަށާ މަރުވެފައިވަނީ 3 ޖަހާކަށްހާއިރު އިލެކްޓްރިކް ޝޯޓެއްގެ ސަބަބުންނެވެ.
“ޗާޖަރު ފޯނާ ކަނެކްޓްވުމުގައި ވެފައިވާ ފެއިލަރއެއްގެ ސަބަބުންމިހެން ދިމާވެފައިވަނީ. އެހެންވީމާ ކަރަންޓް އައީ ސީދާ ފޯނަށް. ދެން ހެޑްފޯނަށްވެސްއެގޮތުން ކަރަންޓް އައިސް އެންމެފަހުން ހަށިގަޑަށްވެސް ކަރަންޓްއައިސްގެން މަރުވީ. ”
މިއީ ދިމާވެދާނެ ގޮތެއްކަމަށް ބަލައިގެން ފޯނު ޗާޖަރަށް ޖަހައިގެން ހުރެ ފޯނުން ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ރައްކާތެރިކަމެއްނޫނެވެ. ރަނގަޅު ގޮތަކީ ޗާޖަރުން ކަރަންޓްކަނޑާލުމަށްފަހު ފޯނުން ވާހަކަ ދެއްކުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top