މިއަދާއި މިރޭވެސް ވިއްސާރަ.

IMG_20200724_134101732.jpg

މޫސުން ގޯސް ދުވަހެއް.

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މިއަދާއި މިރޭވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް )އިން ލަފާކޮށްފި އެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި މިއަދުގެ 8:00 އިން ފެށިގެން މިރޭގެ 8:00 އާ ހަމައަށް އުތުރުގެ އަތޮޅު ތަކަށާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ އެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާ ކުރެވޭ އިރު ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށްވެސް ލަފާ ކުރެއެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20މޭލާއި ދެމެދުގެ ބާރު މިނުގައި ރާއްޖޭގެ އެކި ކަންކޮޅަށް ވައިޖެހޭނެ ކަމަށް ލަފާ ކުރާއިރު ވިލާގަނޑުގައި 35 މޭލަށް ވައި ގަދަ ވާނެ ކަމަށް ވެސް މެޓުން ބުނެއެވެ.

މިދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ދޭތެރެ ދޭތެރެއިން ވާރޭ ވެހެމުން ދާއިރު ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ. އަދި ކަނޑު ދަތުރަށް ފެށުމުގެ ކުރުން މޫސުމަށް ބަލައިގެން އުޅނދު ތަކުގައި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށް ފަހު ނޫނީ ދަތުރަށް ނުފެށުމަށް އެމްއެންޑީއެފުންވެސް އިލްތިމާސް ކުރައްވަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top