ކަރަން ޖޯހަރުގެ “ކުޗްކުޗްހޯތާހޭ “ގައި ޝާހްރުކްޚާން އޭނާގެ މަންމަގާތު ބުނެއެވެ. “އަހަރެމެން ދުނިޔެއަށް އަންނަނީ އެއްފަހަރުއެވެ. މަރުވަނީ އެއްފަހަރުއެވެ. ކައިވެނިކުރެވެނީވެސް އެއްފަހަރުއެވެ.
އަލަތު ކައިވެންޏާއެކު ދިރިއުޅުން ނިންމާލުމަށް ހުވާކޮށްގެންތިއްބަސް ފުރަތަމަލޯބި ހާސިލް ކުރެވެނީ މަދުބަޔަކަށެވެ. ވިސްނަންޖެހެނީ ލޯތްބަކީ ގުރުބާންވުމާ އެޖެސްޓްމަންޓްގެމައްޗށްް ބިނާވެފައި އޮންނަ ކަމެއްކަމެވެެ. މިކަން ވިސްނޭއިރު ގިނަފަހަރުއޮންނަނީ ލަސްވެފައެވެ. ކައިވެނީގައި މައްސަލަޖެހެން ފަށަނީ މިހާ ހިސާބުންނެވެ.
ކައިވެނިކުރެވެނީ އުމުރުން އެއްފަހަރުކަމަށް ޝާހުގެ އެޑައިލޮގްގާ ބުންޏަސް ބޮލީވުޑްގައިވެސް ފުރަތަމަ ކައިވެނި ރޫޅިގެން ދެވަނަ ކައިވެއްޏެއްކޮށްގެން މިއަދާ ހަމައަށްވެސް ގިނަ ޖޯޑުތަކެއް ދަނީ ކާމިޔާބު ދިރިއުޅުމެއް އުޅޭތަން ދައްކަމުންނެވެ.
އެގޮތުން ބަލާއިރު ބޮލީވުޑްގެ މަޝްހޫރު ތަރިންގެތެރެއިން ދެވަނަ ކައިވެންޏެއް ކޮށްގެން މިއަދާ ހަމައަށް އެގުޅުން ވަރުގަދަކަމާއެކު ދެމިއޮތް 8 ތަރިންގެ ވާހަކަ ކުރުކޮށް ފޮނިކޮށް ކިޔާލަމާ ހިނގާށެވެ.
1. ސައިފްޢަލީ ޚާން- ކަރީނާ ކަޕޫރް
ސައިފްޢަލީޚާނަކީ ކުރިން ކައިވެންޏެއް ކޮށް ދެކުދިން ލިބިފައިވާ މީހެކެވެ. ކަރީނާ ވަނީ ޝާހިދުކަޕޫރާއެކު ސައިފީނާ އެޕިސޯޑް ފެށުމުގެކުރިން ޑޭޓްކޮށްފައެވެ. އެކަމަކު ސައިފްއާ ކަރީނާގެ އުމުރުގެ ތަފާތުގައި ދިހަ އަހަރު ހުއްޓަސް އެދެމީހުންވަނީ ކައިވެނިކޮށް އެކުގައި ދިރިއުޅެން ފަށާފައެވެ.
1991 ގައި ސައިފް އަމްރީތާސިންގއާ ކައިވެނިކުރިއިރު ސައިފް އަކީ އެކްޓަރެއްނޫނެވެ. އެކަމަކު އަމްރީތާ އަކީ އޭރުގެ މަޝްހޫރު ބަތަލާއެކެވެ. ސައިފަށްވުރެ އަމްރީތާ ދޮށިނަމަވެސް ވަރަށް ލޯބިން 13 އަހަރު އުޅުމަށްފަހު ދެމީހުންގެ ވިސްނުމުގެ ތަފާތު އެމީހުންގެ ކައިވެނި 2004 ގައި ނިމުމަކަށް ގެނައީއެވެ.
ކަރީނާ ޝާހިދުއާއެކު ޑޭޓްކުރަމުން އެމީހުންގެ ލޯބީގެދަތުރު އެހެން ބަޔަކަށް އަތުނުވާ ހިސާބަށް ދިޔަކަން މީހުންނަށް ގަބޫލު ކުރެވިފައިއޮތަސް އެންމެފަހުން އެދެމީހުން ވަކިވެ، ކަރީނާ ޝޫޓްކުރަމުން ދިޔައީ ޝާހީ ނަވާބް އާއެވެ.
ސައިފްއާއި ކަރީނާ ޑޭޓްކުރަންފެށީ2007 ގައެވެ. ކައިވެނީގެގޮށް ޖަހާފައިވަނި 2012 ގައެވެ. އެހިސާބުން ފެށިގެން އެމީހުން އުޅެމުން އަންނަނީ އުފާވެރިކަމާއެކުގައެވެ. ސައިފްއާއި އަމްރީތާގެ ދަރިންނާމެދުވެސް ގާތްގުޅުމެއް އޮވެއެވެ.
2. އާމިރުޚާން- ކިރަންރާއޮ
ޅައިރުގެ ލޯބިވެރިޔާއާ ރީނާއާއެކު 15 އަހަރަށްވުރެ ގިނަދުވަހު އެކުގައި އުޅެފައި ވަކިވީ 2002 ގައެވެ.
ކިރަން، އާމިރުގެ ހަޔާތަށްއައީ 2005 ގައި ” ލަގާން” ކުޅުނު ދުވަސްވަރު އޭނާއާ އެހީވުމުގެތެރޭގައެވެ. ވަގުތުތަކެއް ނަގާނުލާ އެއަހަރު ފަހުކޮޅު ކައިވެނިކުރީއެވެ. މި ދެމަފިރިންނަށް އާޒާދު ކިޔާ ފިރިހެން ކުއްޖެއް ލިބިފައިވާއިރު އުއްމީދު ކުރެވެނީ މި ދަރިފުޅުވެސް ބައްޕަގެ ލެގަސީ ހިފަހައްޓާނެ ކަމުގައެވެ.
3. ޝިލްޕާޝެޓީ- ރާޖްކުންދުރާ
އެންމެގިނަ ފާޑުކިއުނތައްް ރައްދުވި މިކައިވެންޏަށް ފާޑުކިއުންތެރިންގެ އަގަތައްބަންދުވީ “ވިއާން” ލިބުމާއެކުއެވެ.
ރާޖް ޝިލްޕާ އާ ކައިވެނި ކުރިއިރު ކުރީގެއަނބިމީހާ ކަވީތާއަށް ދަރިއަކުވެސް ލިބިފައިވެއެވެ. އެހެންނަމަވެސް ޝިލްޕާ ފެނުމުން ދަރިފުޅާ ކަވީތާގެ މަތިން ހަނދާން ނައްތާލާފައި އޭނާގެ “ދަޅްކަން “އާއި ކައިވެނި ކުރީއެވެ.
4. ސަންޖޭދަތު-މާންޔާދަތު
ލޯބި އެއީ އުމުރަށް ނުވަތަ ބައުންޑްރީއަށް ބަލާ އެއްޗެއް ނޫންކަން އަންގައިދޭ މިސާލެކެވެ. 18 އަހަރުގެ ފަރަގު މިދެމީހުންގެ އުމުރުގައި ހުއްޓަސް ކައިވެނިކޮށްގެން ނުހަނު ލޯބިން އެކުގައި އުޅެމުން އެބަ ގެންދެއެވެ.
މަންޔާ އަކީ ސަންޖޭދަތުގެ 3 ވަނަ އަނބިމީހާގެ އިތުރުން އޭނާއަށް އެންމެބޮޑަށް އެހީތެރިކަމާއި ދިރިއުޅުމުގައި އެންމެ ބޮޑު ސަޕޯޓެއްދިން ހަމައެކަނި އަނބިމީހާ ކަމުގައި ސަންޖޭ ފާހަގަކުރެއެވެ.
ސަންޖޭގެ ފުރަތަމަ ކައިވެނިކުރީީ 1987 ގައި ރިޗާ ޝަރްމާ އާއެވެ. އޭނާގެ ބަނޑުން “ޓްރިޝަލް ” ލިބުމާއެކު ރިޗާ މަރުވުމާ ގުޅިގެން ދެން ސަންޖޭ އިނީ ރިއާޕިއްލޭ އާ 1998 ގައެވެ. އެކަމަކު މިކައިވެނީގައި މާބޮޑުހިތްހަމަޖެހުމެއްނެތި 2005 ގައި ނިމިއްޖެއެވެ. އެންމެފަހުން މަންޔާ، މުންނާބާއީގެ ދިރިއުޅުމަށްއައީ ތާޒާވައިލިބޭ ނޭވާއާާއެކުގައިކަމަށް ސަންޖޭބުނެފައިވެއެވެ. މަންޔާ އާ 2008ގައި ކައިވެނިކޮށް 2010ގައި ދެކުދިން (ޓްވިންސް) ވަނީ ލިބިފައެވެ.
5. ބޮނީކަޕޫރު- ސްރީދޭވީ
އެންމެންނަށްވެސް ހީކުރެވިފައިއޮތީ ސްރީދޭވީފެންނާނީ އަނިލްކަޕޫރުގެ ހަގީގީދިރިއުޅުމުގެތެރެއިން ކަމުގައެވެ. ނަމަވެސްް ހައިރާންކަންލިބުނީ އަނިލްގެބޭބެ މަޝްހޫރު ފިލްމް ޕްރޮޑިއުސަރ ބޮނީކަޕޫރާ ސްރީދޭވީ ކައިވެނިކުރުމުންނެވެ. މި ކައިވެންޏަކީ މީޑިއާގައި ވަރަށްގިނަ ތަފާތުގޮތްގޮތަށް ވާހަކަ ދެކެވުނު ކައިވެންޏެކެވެ.
ސްރީދޭވީގެކުރިން ބޮނީކަޕޫރުވަނީ 1996ގައި މޯނާއާއި ކައިވެނިކޮށް އަރުޖުންއާއި އަންޝޫލް ލިބިފައެވެ. އަދި މިހާރު ސްރީދޭވީއަށްވެސްވަނީ ދެކުދިން ލިބިފައެވެ. އެއި ޖާންވީއާ ޚުޝީއެވެ.
6. ރަވީނާތަންޑަން- އަނިލްތަދާނީ
މަޝްހޫރު އަކިޔޯންކީ ގޯލީމާރޭ ގެ ރީތިބަތަލާ ރަވީނާ އުޅުނީ އަކްޝޭއާއެކުއެވެ. އެކަމަކު ނަސީބު ދިމާކުރި ގޮތުން އަކްޝޭއާ ރަވީނާގެ ކައިވެނި ނުކުރެވި މުއްސަނދި ވިޔަފާރިވެރިޔާ އަނިލްތަދާނީއާއި ކައިވެނިކުރުމުން އަކްޝޭގެ އެޕިސޯޑް ނިމުނީއެވެ.
ފާހަގަ ކޮށްލަން ޖެހޭކަމަކީ ރަވީނާ، އަނިލްއާ ކައިވެނިކުރިއިރު އަނިލްވަނީ އޭނާގެ އަންހެނުން ނަތާޝާސިއްޕީއާ އެކު ރަނގަޅު ދިރިއުޅުމެއްވެސް ފަށާފައެވެ. އެމިހުންނަށް ދެދަރިން ވެސް ލިބުނު ފަހުން މިކައިވެނި ރޫޅުނީ އަނިލް، ރަވީނާއާ ގުޅުމުންނެވެ. މިހާރު ރަވީނާއަށްވެސް ވަނީ ދަރިން ލިބިފައެވެ.
7. ޝަބާނާ އަޒްމީ– ޖާވީދް އަޚްތަރު
އެއްވަރުގެ ވަރުގަދަ ދެ ބަތަލުންނެވެ. ހިންދީ ސިނަމާގެ މެދުއުޑުގައި ފިޔަޖަހަޖަހާ ހުރި ތަރިއަކާ އެހާމެ ވަރުގަދަ ޅެންވެރިއެކެވެ. ޝަބާނާ އަކީ ޖާވީދުގެ ދެވަނަ އަނބިމީހާއެވެ. ޖާވީދު ޝަބާނާއާ އިނީ އޭނާގެ ފުރަތަމަ އަނބިމީހާ ހަނީއިރާނި ވަރިކުރުމަށްފަހުގައެވެ.
8. ދަރްމެންދްރާ–ހެމާމާލިނީ
މިއީ ހުރިހާޒަމާނަކަށްވެސްފެތޭ ލޯބީގެ ރީތި ވާހަކައެކެވެ. އެންމެން ދަންނަ ޕަންޖާބީ ޕުއްތަރް ދަރްމެންދްރާއާ ޑްރީމްގާލްގެ ނަމުން ބޮލީވުޑްގައި މަޝްހޫރުވެފައިވާ ހެމާމާލިނީގެ ލޯބިފެށުނީ 1975 ގައި ފިލްމު ޝޯލޭ ކުޅެމުން ދިޔައިރުއެވެ.
1954ވަނައަހަރު ދަރްމެންދްރާގެ އުމުރުން އެންމެ 19 އަހަރުގައި ޕްރަކާޝްކައުރުއާ ކައިވެނިކޮށްގެން ހަތަރުކުދިން ލިބިފައިވެއެވެ.
ދަރަމް ،،ޕްރަކާޝް ވަރިއެއްނުކުރެއެވެ. އޭނާ އިސްލާމްވުމަށްފަހު ހެމާއާއިނީ ދެއަނތްބަށެވެ.
މިހާރު އެދެމަފިރިންގެ ދެއަންހެންދަރިންކަމުގައިވާ އީޝާއާ އަހާނާ އާއެކު ދިރިއުޅެމުންދާތާ 32 އަހަރުވަނީއެވެ.