މިރިޔަންދޫ ،ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަނީ!

0_13405978549_news.jpg

ބ.މިރިޔަންދޫގައި 75 މިލިއަންޑޮލަރުގެ ރިސޯޓެއް ތަރައްގީކުރަން ނިންމައިފިކަމަށް ޓޫރިޒަމާބެހޭ ޚަބަރުތައް ގެނެސްދޭ ޓީޓީޖީ އޭޝިއާއިން ބުނެފިއެވެ. އެޚަބަރުގެ ތަފްސީލުގައިވަނީ ސްރީލަންކާގެ އޭޝިއާ ކެޕިޓަލްއާއި ޖަޕާންގެ ބެލޯނާގުޅިގެން ބ.މިރިޔަންދޫގައި ތަރައްގީކުރަން ނިންމާފައިވަނީ 70 ކޮޓަރީގެ ރިސޯޓެއްކަމުގައެވެ.
އޭޝިއާކެޕިޓަލްގެ ސީއީއޯ، ސްޓެފަންއަބޭސިންހާ ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގައި ކުރިއަށްދިއުމުގެ ފުރުސަތު ފަހިވެފައިވާކަމަށާއި އެނދުގެނިސްބަތް އިތުރުކުރުމަށް ސަރުކާރުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމުގައެވެ.

ޓީޓީޖީ އޭޝިއާއަށްދިން ބަސްދީގަތުމެއްގައި މިނިސްޓްރީގެ ނާއިބު ހުސެން ލިރާރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ބޭނުންކުރާ އެނދުގެ ނިސްބަތް ދިހަޕަސެންޓް އިތުރުވާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top