އައިސްއަލަމާރީގައި ނުބަހައްޓަވާ !

refrigerator-open.jpg

އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އާދައަކީ ކާއެއްޗެއްވިއްޔާ ދެވަނަފަހަރަށް ބޭނުންކުރުމަށް އޮތހަމައެކަނިގޮތަކީ އައިސްއަލަމާރިއަށްލުމެވެ. އެހެންނަމަވެސް ބައެއްބާވަތުގެ ކާނާ އައިސްއަލަމާރީގައި ބެހެއްޓުމުން އެއިން ލިބެންހުންނަ ސިއްހީފައިދާ އާއި ތާޒާކަން ގެއްލެއެވެެ. އެގޮތުންބަލާއިރު އައިސް އަލަމާރީގައި ބެހެއްޓުން ރަނގަޅުނޫން އެއްޗެއްސާމެދު ވިސްނާލަމާ ހިނގާށެވެ.
އަލުވި :އައިސްއަލަމާރީގައި އަލުވި ބެހެއްޓުމަކީ ރަނގަޅުކަމެއްނޫނެވެ. އަލުވި ބަހައްޓަން ރަނގަޅުވާނީ އަނދިރި، އަދި ކޮންމެވެސްވަރަކަށް ހޫނުކަން ހުންނަ ތަންތަނުގައެވެ.
ފިޔާ : އައިސްއަލަމާރީގައި ބެހެއްޓުމުގެ ބަދަލުގައިއާދައިގެ ހޫނުމިން ހުންނަ ތަނެއްގައި ބެހެއްޓުމަކީ އެންމެ ރަނގަޅުގޮތެވެ. ދާގަނޑެއްގައި ނުވަތަ ވައިވަންނަ ކަހަލަ ކޮތަޅެއްގައި ބެހެއްޓުމުން ގިނަދުވަހު ހަލާކުނުވެ ހުންނާނެއެވެ.
ލޮނުމެދު : ލޮނުމެދުވެސް އައިސްއަލަމާރިއަށްލުން ރަނގަޅެއްނޫނެވެ. ފިޔާއެކޭ އެއްގޮތަށް ގެންގުޅުމުން ތާޒާކަންމަތީގައި ގިނަދުވަހު ހުލިނުވެ ހުންނާނެއެވެ.
ޓޮމާޓޯ :އެނގިގެން ނުވަތަ ނޭނގި ނަމަވެސް އައިސްއަލަމާރީގައި ޓޮމާޓޯ ބެހެއްޓުމަކީ ގިނަމީހުންގެ އާދައެކެވެ. އެކަމަކު މިއީ ގޯހެކެވެ. ޓޮމާޓޯ ގެންގުޅެން ރަނގަޅީ އައިސްއަލަމާރިއަށްނުލާ ޕްލާސްޓިކް ކޮތަޅެއްގައި ރޫމް ޓެމްޕަރޭޗަރގައެވެ.
މާމުއި : މާމުއި ނުބައިނުވެ ތިންހާސްއަހަރު ހުންނަކަމަށްވެއެވެ. އައިސްއަލަމާރީގައި ބެހެއްޓުމުން އޭގައި ހުންނަ ފެނުގެބައި މަދުވެގެން ދެއެވެ. ވީމާ މާމުއި އައިސްއަލަމާރީގައި ގެންގުޅުމަކީވެސް އެންމެ ރަނގަޅުގޮތެއްނޫނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top